ads
ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް
ގައުމު ވިއްކާލި ބަޔަކު މިނިވަން ދުވަސް ފާހަގަ ނުކުރާނެ: ޝަރީފް
މިނިވަން ދުވަހުގެ ހަރަކާތްތައް ނުބާއްވައި ކެންސަލް ކޮށްފައިވާތީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސަރުކާރަށް ފާޑުކިޔައިފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ ނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ނުކޮށް ހަމަަ އެކަނި ދިދަ ނެގުމުގެ ރަސްމިއްޔާތާއި ސިފައިންގެ ޕެރޭޑް އެކަނި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

އިދިކޮޅު ކޯލިޝަނުގެ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ވިދާޅުވީ ގައުމު ވިއްކާލި ބަޔަކު މިނިވަން ދުވަސް ފާހަގަކުރަން ބޭނުން ނުވާނެ ކަމަށެވެ. 

ޢާދަމް ޝަރީފް ތުހުމަތު ކުރައްވަނީ މިނިވަން ދުވަސް ފާހަގަ ކުރަން ބޭނުން ނުވާތީ މި ސަރުކާރުން ގައުމުގެ ސިޔާސީ ބާރުތައް ވިއްކާލީ ކަމަށެވެ. 

އދިކޮޅު ކޯލިޝަނުން ދަނީ ރާއްޖޭގައި އިންޑިޔާ މިލިޓަރީ ސިފައިން ތިބި ކަމަށް އަބަދުވެސް ތުހުމަތު ކުރަމުންނެވެ. އަދި ރާއްޖެ އޮތީ އިންޑިޔާގެ އަތްދަށުވެފައި ކަމަށް ވެސް ދަނީ ބުނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް