ads
އިރާގު ރައްޔިތުން އެގައުމުގެ މަޖިލީސް ކުރާ ގޭގެ ތެރޭ
މުޒާހަރާގެ ބައިވެރިން ނިކުމެ އިރާގުގެ މަޖިލީސް ބާރުގެ ދަށަށް ގެނެސްފި
އިރާގުގެ ރައްޔިތުން ނިކުމެ އެގައުމުގެ މަޖިލީހުގެ އިދާރާ ރައްޔިތުންގެ ބާރުގެ ދަށަށް ގެނެސްފި އެވެ.
Advertisement

އެގައުމުގެ އާ ބޮޑުވަޒީރު ކަމަށް، ގެނައުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ މުހައްމަދު ޝިއާ އަލް ސޫދާނީ އާއި ދެކޮޅަށް އެގައުމުގެ ގިނަ ބަޔަކު ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން ރޭގެ ވަގުތެއްގައި މުޒާހަރާގެ ބައިވެރިން ވަނީ، މަޖިލީހުގެ އިދާރާތެރެއަށް ވަދެ އެތަން މުޒާހަރާގެ ބައިވެރިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. 

އެގައުމުގެ މަޖިލީސް ކުރާ އިދާރާ އަކީ، ސެކިއުރިޓީ ޒޯނެއް ކަމުން، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދަށް ދިޔަ އިރު ގިނަ އަދަދެއްގެ ސަލާމަތީ ބާރުތަކުން ދިޔައީ، އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. އެހެން ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ބާރުތަކުގެ ސަފުތައް ފޫ އަޅުވާލާ މަޖިލީސް ކުރާ އިދާރާ އަށް ވަދެ އެތަނުގެ ބާރު އެމީހުންގެ އަށްދަށަށް ގެންގޮސްފަ އެވެ. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖެއްސުމަށް ސަލާމަތީ ބާރުތަކުން ގިނަ އަދަދެއްގެ ކަރުނަ ގޭސް ވެސް ބޭނުންކުރި އެވެ. 

އެގައުމުގައި މިހާރު ކުރަމުން އަންނަ މުޒާހަރާ ތަކަކީ، އެގައުމުގެ ސަރުކާރުން އިރާނާއި އެކު އެއްބަސްވުމެއް ހަދާ އިރާނުން ބޭނުންވާ މީހަކު ބޮޑުވަޒީރު ކަމަށް ގެންނަން ނިންމާފައި ވާކަމަށް ބުނެ އެގައުމުގެ ރައްޔިތުން އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާ ތަކެކެވެ. 

މަޖިލީހުގެ ބާރު އެގައުމުގެ ރައްޔިތުންގެ ބާރުގެ ދަށަށް މިހާރު ގެނެސްފައި ވާއިރު، ދައުރުވަމުންދާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި އެތަނުގެ ތެރޭ މުޒާހަރާގެ ބައިވެރިން ދިޔައީ، ލަވަކިޔާ ނަށާ ހަދަމުންނެވެ. 

މުޒާހަރާގެ ބައިވެރިން މަޖިލީހުގެ އިދާރާތެރޭ އެތައް އިރެއް ތިބުމަށްފަހު، އެ ފަރާތްތަކުން ތާއީދު ކުރާ ސިޔާސީ ލީޑަރެއްކަމަށްވާ މުގްތަދާ އަލް ސަދުރުގެ އިލްތިމާސް އަށް އެތަނުން ވަނީ ސުލްހަވެރި ކަމާއި އެކު ނިކުމުގެން ގޮސްފަ އެވެ. އެހެން ނަމަވެސް އެގައުމުގެ ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތައް ހުއްޓާ ނުލާނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް