ads
އެމެރިކާގެ ފަރާތުން ރާއްޖެއަށް އައްޔަން ކުރަން ނިންމާފައިވާ ސަފީރު
ފުރަތަމަ ފަހަރަށް އެމެރިކާއިން ރާއްޖެއަށް ހާއްސަ ސަފީރަކު ހަމަޖައްސަނީ
ރާއްޖެއަށް ހާއްސަކޮށް އެމެރިކާގެ ސަފީރަކު ފުރަތަމަ ފަހަރަށް އައްޔަން ކުރެއްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފި އެވެ.

މީގެ ކުރިން އެމެރިކާއިން ރާއްޖޭގެ ކަންކަން ބަލަމުން ގެންދިޔައީ، ރާއްޖެއާއި ލަންކާއަށް އެއްކޮށް ކަނޑައާޅާފައި ހުންނެވި ސަފީރު މެދުވެރި ކޮށެވެ. 

އެހެން ނަމަވެސް އެކަން ބަދަލުކޮށް ރައީސް ޖޯ ބައިޑަން ވަނީ ހޫގޯ ޔޫ-ހޯ ޔޮންގެ ނަން އެގައުމުގެ މަޖިލީހަށް ފޮނުއްވާފަ އެވެ. ރާއްޖޭގެ ސަފީރު ކަމަށް އެމަނިކުފާނު އައްޔަން ކުރެވޭނީ، އެގައުމުގެ މަޖިލީހުން އެކަމަށް ރުހުން ދިނުމުންނެވެ. 

ހޫގޯ އަކީ މިވަގުތު އެމެރިކާގެ ސެކްރެޓަރީ އޮފް އިކޮނޮމިކް ގްރޯތު، އެނާޖީ އެންޑް އެންވާރަމަންޓްގެ ސީނިއާ އެޑްވައިޒަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅާ އެވެ. މީގެ އިތުރުން ފޮރިން ސާވިސްގެ އިސް މެމްބަރެއްގެ މަގާމާއި، ސެކިއުރިޓީ ކައުންސިލްގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަންކަން ބެލެހެއްޓުމުގެ ކަންކަންވެސް ވަނީ އަދާ ކޮށްފަ އެވެ. 

ރާއްޖެއަށް ހާއްސަކޮށް އެމެރިކާއިން ސަފީރަކު އައްޔަން ކުރާއިރު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއްވެސް ގާއިމް ކުރާނެ އެވެ. 

އެމެރިކާއިން 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ރާއްޖޭގައި އެމްބަސީއެއް ހުޅުވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް