ads
ޝިފާ
ޓިކްޓޮކް ތަރި ޝިފާ ހައްޔަރު ކުރަން އާއްމުން ގޮވަން ފަށައިފި
އަންހެނަކާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ތަރި މަރިޔަމް ޝިފާވެސް ހައްޔަރުކޮށް މައްސަލަ ބެލުމަށް ގޮވާލައިފި އެވެ.
Advertisement

ޝިފާ ހައްޔަރުކުރުމަށް އާންމުން ގޮވާލާފައި މިވަނީ ދާދި ފަހަކުން ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމް ގިރު އާއެކު ގިނަ ފިރިހެނުންތަކެއް އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނާ މައްސަލަ އަކާއި ގުޅިގެން ފުލުހުން ބަޔަކު ހައްޔަރުކޮށްފައިވާ ދަނޑިވަެއްގަ އެވެ. 

މި މައްސަލަ ތަކާއި ގުޅިގެން މިހާތަނަށް އެނިގައިފައިވާ ގޮތުގައި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. 

ފުލުހުން އިއްޔެ ހަވީރު ހައްޔަރުކޮށްފައިވަނީ ނޮޅީވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ގާނޫނީ ވަކީލް ނާޒިމް ސައްތާރެވެ. 

ފުލުހުން ބުނީ، އަލަމްގިރި އާއި އެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާ އާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.  

ޝިފާ އިތުރު އަންހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯތަކެއް ދާދި ފަހުން މީސްމީޑިޔާގައި ލީކު ވުމާއި، ގުޅިގެން ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.  

ފުލުހުން ވަނީ ޝިފާ ރާޢްޖެއިން ބޭރަށް ނުދެވޭނެ ގޮތަކަށް އޭނާގެ ޕާސްޕޯޓްވެސް ހިފަހައްޓާފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް