ads
މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ވީނިއުސް
ހުޅަނގު މޫސުމުގެ ބާރުގަދަވެއްޖެ، އުދަ އަރާފާނެ ކަމުގެ އިންޒާރު ދީފި
ހުޅަނގު މޫސުމުގެ ބާރު ގަދަވެފައި ވާކަމަށާއި، މިކަމާއި ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފާނެ ކަމުގެ އިންޒާރު މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދީފި އެވެ.

މެޓް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، މިއީ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައި ވުމުން ވާ ކަމެއް ކަމަށެވެ. 

މެޓް އޮފީހުގެ އިއުލާނުގައި ބުނެފައިވަނީ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށާއި، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މި ތިން ދުވަހު މެދު ރާއްޖެ ތެރެ އާއި އުތުރުގެ ކަނޑުތައް ވަރަށް ގަދަވުން އެކަށީގެންވާ ކަމަށާއި، ވައި ބާރުވެ މި ސަރަހައްދުގެ ރަށްތަކަށް އުދަ އެރުން އެކަށީގެން ވާކަމަށެވެ. 

އެހެން ކަމުން މޫސުމަށް ހުރިހާ ފަރާތްތަކުންވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށާއި، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދަތުރަށް ފުރުމުގެ ކުރިން ހޯދުމަށް އެއިދާރާއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ދަތުރު ކުރާ އުޅަނދުގައި ސަލާމަތީ ވަސީލައްތައް ފުރިހަމައަށް ހުރިތޯ ބެލުމަށްވެސް އެއިދާރާއިން ވަނީ އަންގާފަ އެވެ. 

މީގެ އިތުރުން މެޓް އޮފީހުން ބުނީ، ގަދަ ވަޔާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް