ads
ކުޑަހުވަދޫ އެއާޕޯޓް ގޭޓް ކުރިމަތީގައި ކުރަމުންދާ މުޒާހަރާ..
ކުޑަހުވަދޫގައި މުޒާހަރާ ހޫނުވެ އެއާޕޯޓް ގޭޓު ބަންދުކޮށްފި
ބަލި މީހަކު އިތުރު ފަރުވާ އަށް މާލެ ގެންސް ނުދީގެން ދ.ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި އެރަށުގެ ރައްޔިތުން ކުރަންފެށި މުޒާހަރާ ހޫނުވެ އެއާޕޯޓުން ނުކުންނަ މަގުމަތީގައި ވަޅުގަނޑު ކޮންނަން ފަށައިފި އެވެ.
Advertisement

ކުޑަހުވަދޫގައި އޮންނަނީ މަންތާ އެއާޕޯޓެވެ. 

އެއާޕޯޓް ސަރަހައްދުގައި ވަނީ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ އަޑު އުފުލަން ފަށާފަ އެވެ. 

އެސަރަހައްދުގައި އެއްވެ ތިބި މީހުން ގޮވަމުން ދަނީ މަމެން ރަށުގައި އެއާޕޯޓެއް އޮންނަ ކަމަށާއި، އެއާޕޯޓް ބަންދު ކުރުމަށް ކަމަށެވެ. 

ބަލި މީހަކު ނުގެންގޮސްދޭތީ އެކަމަށް އަޑު އުފުލައި އެއާޕޯޓް ބަންދުކުރުމަށް ދަނީ ގޮވައި އަޑު އުފުލަމުންނެވެ. 

your imageކުޑަހުވަދޫ އެއާޕޯޓް ގޭޓް ކުރިމަތީގައި ކުރަމުންދާ މުޒާހަރާ..

ބަލިމީހުން ނުގެންދެވޭނަަ އެއާޕޯޓަށް އަންނަ ފަތުރުވެރިން ގޮވައިގެން ދާ ބަސް އަދި މުއައްޒަފުންނަށްވެސް ނުނިކުމެވޭ ގޮތަށް މުޒާހަރާގެ ބައިވެރިން ދަނީ މަގު މަތީގައި ވަޅުގަނޑުތަކެއް ކޮންނަމުންނެވެ. 

މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ ބަލި މީހުން ނުގެންގޮސްދެވޭ ނަމަ އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ނުދެވޭނެ ކަމަށާއި، އެއާޕޯޓުގައި މަސައްކަތް ކުރާ މުއައްޒަފުންނަށްވެސް ނުދެވޭނެ ކަމަށެވެ. 

"ބަލިމީހުން ނުގެންދެވޭނަމަ އެއާޕޯޓް ބަންދުކުރޭ. މަމެންގެ އެއާޕޯޓް ތީ. ބަލިމީހުން ނުގެންދެވޭނަމަ އެއާޕޯޓް ބަންދުކުރޭ. މަމެންގެ އެއާޕޯޓް ތީ." ތަކުރާރުކޮށް ގޮވައި އަޑު އުފުލަމުން ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަހުވަދޫ މީހުން މުޒާހަރާ ކުރަމުން ދަނީ އެރަށު ފެނަކައިގައި އެސިސްޓެންޓް މެނޭޖަރެއްގެ ވަޒީފާގައި ހުރި ފާރިހް ކިޔާ މީހަކަށް ކުއްލި ހާޓް އެޓޭކެއް ޖެހުމުން އެމަނޖެންސީކޮށް މާލެ ގެންގޮސްދިނުމަށް އެދުމުން އެއާޕޯޓުން އެކަމަށް ހުރަސްއެޅުމާއި ގުޅިގެންނެވެ. 

your imageކުޑަހުވަދޫ އެއާޕޯޓް ގޭޓް ކުރިމަތީގައި ކުރަމުންދާ މުޒާހަރާ..

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުުންސިލްގެ ރައީސް އިބްރާހިމް ފިކުރީ މިރޭ ވިދާޅުވީ މަންތާ އެއާޕޯޓުން ބަލިމީހުން ގެންގޮސް ދިނުމުގެ މައްސަލަ އާޢި ގުޅޭގޮތުން ހާލުބޮޑު ބަލި މީހުން ފްލައިޓް ތަކުން ދަތުރު ނުކުރެވޭނެ ކަމަށާއި، އެފަދަ އިންތިޒާމުތައް ބޯޓުގައި ހަމަޖެހިފައި ނެތް ކަމަށް އެއާޕޯޓުން އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ. 

"ހާލުބޮޑު ބަލިމީހުން ފްލައިޓުތަކުން ނުގެންދެވޭ ކަމަށް ކުރިންވެސް ބުނޭ. ދެން މި މައްސަލަ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ޝަކުވާއަކަށް ވެގެން ވާނެ މަންތާ އެއާޕޯޓު މީހުންނާ މީގެ ކުރިންވެސް އެތަކެއް ފަހަރަކު ވާހަކަވެސް ދައްކާފަ. ސަރުކާރަށް ހުށަހަޅައިގެންވެސް މިކަން އެބަޖެހޭ ރައްޔިތުންނަށް ހައްލުކޮށްދޭން. ބަލިމީހުން ގެންދެވެން ވާނެ ދެއްތޯ މީ ރައްޔިތުންގެ ކަންބޮޑުވުމަކީވެސް." ފިކުރީ ވިދާޅުވި އެވެ.

މުޒާހަރާކުރަން ކުޑަހުވަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ނުކުމެފަ އެވެ. އަދި ބަލި މީހުންނާއި، ހާލުބޮޑު ސީރިއަސް ބަލި މީހުންވެސް އުފުލޭނެ އިންތިޒާމުތައް އެއާޕޯޓުން ހަމަޖެއްސައި ނުދޭނަމަ މުޒާހަރާ ނުހުއްޓާނެ ކަމަށްވެސް ދަނީ ބުނަމުންނެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް