ads
ހިޔާ މެނޭޖްމަންޓްގެ އޮފީހުގައި އެޗްޑީސީގެ މުއައްޒަފުން މަސައްކަތް ކުރަނީ...
ހިޔާ ފްލެޓްތަކުގެ ރައްޔިތުންނަށް ހާއްސަ އޮފީސް ހުޅުވައިފި
ހިޔާ ފްލެޓްގައި ދިރިއުޅުއްވާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހިޔާ 11 ވަނަ ޓަވަރުގައި ވަނީ މެނޭޖްމަންޓް އޮފީހެއް ހުޅުވިފައެވެ.

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޕަބްލިކް ރިލޭޝަން ޔުސްރާ އިބްރާހިމް މިއަދު ވިދާޅުވީ މި އޮފީހަކީ ހިޔާ ފްލެޓް ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަ އޮފީހެއް ކަމަށާއި، ހިޔާ މެނޭޖްމަންޓް އޮފީހުން އެތަންތަނުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ދިމާވާ މައްސަލަ ތަކާއި ޝަކުވާ ތަކަށް ފަސޭހަ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. 

your imageހިޔާ މެނޭޖްމަންޓްގެ އޮފީހުގައި އެޗްޑީސީގެ މުއައްޒަފުން މަސައްކަތް ކުރަނީ...

ޔުސްރާ ވިދާޅުވީ މި އޮފީހުން ހިޔާ ފްލެޓް ތަކުގެ ކުލި ބަލައިގަތުމާއި ކުލި ދެއްކުމުގައި ކާޑް ޕޭމަންޓް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"މެނޭޖްމަންޓް އޮފީސް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ގާތުން ބަލައި ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ބެލުމަށްފަހު ހަދަންޖެހޭ އިންސްޕެކްޝަން ހަދައި އަދި ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މެއިންޓެއިންސް ޓީމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށްފަހު މެއިންޓެއިންސް ޓީމާއި ގުޅިގެން މިކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުން." ޔުސްރާ ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގެ ކުޑަދޮރުތަކުން ވާރޭ ފެހޭ ވަގުތު ފެން ވަންނަ މައްސަލަ ހައްލުކުރުމަށް މިއަދު އެޗްޑީސީން ވަނީ ބައެއް ޓަވަރު ތަކުގައި އެ ކޯޕަރޭޝަންގެ ޓީމުން މަސައްކަތް ފަށާފަ އެވެ. 

your imageހިޔާ ފްލެޓްތައް.. 

އެޗްޑީސީން ވަނީ ހިޔާ ފްލެޓް ސަރަހައްދު ގައި މީގެ ކުރިން އާންމުން ގާއިމޮކޮށްފައިވާ ގާޑިޔާތައް ނަގައި އެސަރަހައްދުތައް ސާފުވެސް ކޮށްފަ އެވެ. އަދި އެޗްޑީސީން ދަނީ ހިޔާ ފްލެޓްތަކަށް ހާއްސަ ޝޮޕިން ކޮމްޕެލްކްސް ތައް އެޅުމަށް މަސައްކަތް ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް