ads
ކުޑަހުވަދޫގައި ކުރިއަށް ދިޔަ މުޒާހަރާ: ފޮޓޯ: ޔުނައިޓަޑް ކުޑަހުވަދޫ
މުޒާހަރާކޮށްގެން ކުޑަހުވަދޫން 11 މީހަކު ހައްޔަރު ކޮށްފި
ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާ އާއި ގުޅިގެން 11 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ހާޓެޓޭކެއް ޖެހުނު މީހަކު އިތުރު ފަރުވާ، މަންޓާ އެއާ އިން މާލެ ނުގެންދިޔަ މައްސަލާގައި ދ. ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި އެރަށުގެ ގިނަ ރައްޔިތުން ވަނީ މުޒާހަރާ ކޮށް، ބަލި މީހާ އުފުލައި ދޭން ޖެހޭނެ ކަމަށް ބުނެ އަޑުގަދަ ކޮށްފަ އެވެ.

މުޒާހަރާތައް ހޫނުވެ ފުލުހުން އެ މުޒާހަރާ ރޫޅާލުމަށް ދިއުމުން ބައެއް ފަރާތްތަކުން ވަނީ ފުލުހުންނާ ކުރިމަތިލާފަ އެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް ވިދާޅުވީ، ކުޑަހުވަދޫގައި ކުރިއަށް ދިޔަ މުޒާހަރާ ތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި 11 މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ. 

އޭގެ ތެރޭގައި ހިމެނެނީ:

  • އުމުރުން 51 އަހަރުގެ ފިރިހެނެއް
  • އުމުރުން 45 އަހަރުގެ ފިރިހެނެއް
  • އުމުރުން 32 އަހަރުގެ ދެ ފިރިހެނެއް
  • އުމުރުން 31 އަހަރުގެ ދެ ފިރިހެނެއް
  • އުމުރުން 29 އަހަރުގެ ފިރިހެނެއް 
  • އުމުރުން 28 އަހަރުގެ ފިރިހެނެއް
  • އުމުރުން 27 އަހަރުގެ ތިން ފިރިހެނެއް

މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި 11 މީހުން ވެސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭގެ ތެރެއިން ހަ މީހުން ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި ކަމަށާއި، އަނެއް ފަސް މީހުން ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. 

މަންޓާ އެއާއިން ބަލި މީހަކު މާލެ ނުގެންދާ މައްސަލާގައި އިއްޔެ އާއި އޭގެ ކުރީދުވަހު އެރަށުގައި މުޒާހަރާ ކޮށްފައި ވާއިރު، ބައެއް އާއްމުންނާއި ފަތުރުވެރިން ވެސް އެއާޕޯޓުގައި ތާށިވި އެވެ. އެހެން ނަމަވެސް ފަހުން އެ މީހުން އެއާޕޯޓުން ބޭރުވުމުގެ ފުރުސަތު މުޒާހަރާގެ ބައިވެރިން ދިނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް