ads
ހއ.ހޯރަފުށި. އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން
ހޯރަފުށި އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ބޮޑު ބައެއް ނިމިއްޖެ
ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓެރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފި އެވެ.

އެމްޓީސީސީން ދަނީ މުޅި ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދު ތަކުގައި ބަނދަރު ހެދުމާއި މަގު ހެދުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި، މި ނޫނަސް ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންނެވެ. 

އެމްޓީސީސީން ބުނީ ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ޕްރޮޖެކްޓުގެ ތެރެއިން ބޭރުތޮށި ލުމުގެ މަސައްކަތާއި މިހާރު ހުރި ގްރޮއިން ރީޕްރޮފައިލް ކުރުމުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. 

your imageހއ.ހޯރަފުށި. އެއާޕޯޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން 

އެކުންފުނިން ބުނީ މިހާރު ކުރިއަށްދަނީ އެސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ. 

މި މަޝްރޫޢުގެ ދަށުން، ހޯރަފުށީ އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން އޮއިދެމޭ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ހިމެނެ އެވެ. 

ސަރުކާރުން ހަވާލުކުރި މި ޕްރޮޖެކްޓަށް 90.5 މިލިއަން ރުފިޔާ ހަރަދުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް