ads
މެމްބަރު ސަލީމް
އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއިން ފެންނަނީ ސަލީމް ނޫން ކަމަށް ބުނެފި
ދެ ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި ދައުރުވެފައިވާއިރު އެ ވީޑިއޯގައި ފެންނަނީ ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ނޫން ކަމަށް ބުނެފި އެވެ.
Advertisement

ދައުރުވަމުން ދިޔަ ވީޑިއޯ އާޢި ގުޅޭ ގޮތުން ފުލުހުން ވީޑިއޯ އަދި ފޮޓޯތަކުގެ ސައްހަކަން ވަނީ ކަށަވަރު ކޮށްފަ އެވެ. 

އަދި ސަލީމް އާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ދައުރު ވެފައިވާ ވީޑިއޯގެ މައްސަލާގައި އެ ވީޑިއޯއިން ފެންނަނީ ސަލީމް ކަމަށްވެސް ބައެއް ނޫސް ތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. 

ސަލީމް އާ ގުޅޭގޮތުން މި ފަދަ ތުހުމަތު ތަކެއް ކުރެވިފައިވާތީ އޭނާ ވަނީ މި މައްސަލަ ފުލުހުންގެ އިދާރާއަށްވެސް ހުށަހަޅާފަ އެވެ. 

ފުލުހުންނާއި ހަވާލާދީ ސަލީމް ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގު ނިންމައި "އެވީޑިއޯއިން ފެންނަނީ އަހުމަދު ސަލީމް" ނޫން ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. 

ފުލުހުން ސަލީމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ވީޑިއޯގައި ފެންނަ އިމާރާތަކީވެސް ސަލީމް އާ ގުޅުންހުރި ތަންތަން ނުވަތަ ރާޢްޖެޓީވީ އާ ގުޅުން ހުރި ތަންތަން ވެސް ނޫން ކަމަށް ފުލުހުންގެ ތަހުގީގުން ހޯދާފައިވާ ކަމަށެވެ. 

ސަލީމްގެ މައްޗަށް މިފަދަ ތުހުމަތު ތަކެއް މީގެ ކުރިން ކުރެވިފައިވާއިރު އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އަޑުފެތުރިފައިވަނީ ސަލީމް އާޢި ރާޢްޖެޓީވީގެ ނޫސްވެރިޔާ އަބުދުﷲ ނަސީރު ކަމަށެވެ. 

އެއްޖިންސުން ގުޅުން ހިންގި މައްސަލަ އަކާއި ގުޅިގެން ފުލުހުން ވަނީ ނަސީރު ހައްޔަރުކޮށްފަ އެވެ. 

ފުލުހުން ނަސީރު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގަ އެވެ. އޭނާގެ ބަންދަށް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް