
އިސްރާއީލުން މިހާރު ފަލަސްތީނުގެ އެކި ހިސާބުތަކަށް ދެމުން އަންނަ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދު ކުރަމުން އަންނަ އިރު، ފަލަސްތީނުންވެސް ދަނީ ރައްދުގައި ހަމަލާތައް ދެމުންނެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މިހާތަނަށް ފަލަސްތީނުގެ 28 މީހަކު އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދު ކޮށްލާފައި ވާއިރު، އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށް، ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން މި ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލު ތަކުގަރި ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިން ކަމަށް ވަނީ ބުނެފަ އެވެ.
އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި އަނިޔާވާ މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ފަލަސްތީނުގެ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ އިރު، އެ މީހުންނަށް އަމާޒުކޮށްވެސް އިސްރާއީލުން އަންނަނީ، ހަމަލާތައް ދެމުންނެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތައް އަދި ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިސްރާއީލުން ވަނީ ބުނެފަ އެވެ. އިސްރާއިލުން ބުނާގޮތުގައި މި ހަމަލާތައް ދެމުން ދަނީ، ފަލަސްތީނުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ކަމަށެވެ. އަދި މި ހަމަލާތަކުގައި އެއްވެސް އާއްމު ރައްޔިތަކަށް ހަމަލާ ދެމުން ނުދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ދަރުރުވަމުން އަންނަ ވީޑިއޯ ތަކުން ފެންނަ ގޮތުން އިސްރާއިލުން ދަނީ، އެއްވެސް ބެލުމެއް ނެތި، ފަލަސްތީނުގެ އެކި ހިސާބުތަކަށް ހަމަލާދެމުންނެވެ.