ads
ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލަ އޭސީސީން ބަލަނީ
ރ. ދުވާފަރު ކައުންސިލުން ހިންގާފައިވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

މިކަމާއި ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ދުވާފަރު ކައުންސިލްގެ މެމްބަރުންގެ މައްސަލަ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހުށަހަޅާފައި ވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު މައްސަލަ ތަހުގީގު ކުރުމަށް ނިންމާފައި ވާކަމަށެވެ. 

އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމާތެއް މީޑިއާ އޮފިޝަލް ހިއްސާ ކޮށްފައި ނުވެ އެވެ. މި މައްސަލަ މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭސީސީއަށް ހުށަހެޅީ، އެލްޖީއޭއިންނެވެ.

ދުވާފަރު ކައުންސިލުން ކުރިއަށް ގެންދާ ކަންކަމާއި ގުޅޭ ގޮތުން އެލްޖީއޭއިން ވަނީ މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ތަފްސީލީ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި ކައުންސިލްގެ މެމްބަރުންގެ އެކައުންޓަށް ލިޔެކިޔުންތައް ނެތި ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަން ވަނީ ފާހަގަ ކޮށްފަ އެވެ.  

މީގެ އިތުރުން މުދަލު ޒަކާތުގެ ގޮތުގައި ބެހުމަށް އެރަށަށް ލިބުނު 318،600 ރުފިޔާ ވެސް އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަމާކޮށްފައި ވާކަން އެލްޖީއޭގެ ރިޕޯޓުން ވަނީ ފާހަގަ ކޮށްފަ އެވެ. އަދި މުދަލު ޒަކާތް ލިބެންވާ ފަރާތްތަކަށް އެފައިސާ ލިބުނު ކަމުގެ ލިޔުންތައް ފެންނަން ނެތް ކަމަށްވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ފިތުރު ޒަކާތުގެ ގޮތުގައި ބަހަން ބޭނުންވާ 45،000 ރުފިޔާ ދީފައިވަނީ، ، ކައުންސިލް މެމްބަރު ޒުހާދު އާދަމް އަށް ކަމަށާއި، އޭނާ އާއި ހަވާލު ކުރި ނަގުދު ފައިސާ އޭގެ ހައްގުވެރިންނަށް ލިބިފައިވާކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް