ads
ރައީސް ފީވަކު ކައުންސިލާ އެކު ބޭއްވި ބައްދަލުކުރެއްވުން
އުމުރާނީ އަދި އިޖުތިމާއީ ތަރައްގީއެއް ގެނެސްދިނީ މިސަރުކާރުން: ފީވަކު ކައުންސިލް
އިމުރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި، އިޖުތިމާއީ ގޮތުން ރަށް ތަރައްގީވާން ފަށާފައި ވަނީ މިސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ކަމަށް ފީވަކު ކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން މިހެން ބުނެފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފީވަކު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެއްކި ވާހަކައިގަ އެވެ. 

ފީވަކު ކައުންސިލުން ވަނީ، އެރަށް އުމުރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި، އިޖުތިމާއީ ގޮތުން ތަރައްގީވާން ފަށާފައި ވަނީ މިސަރުކާރުގެ މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައިކަން ފާހަގަ ކޮށްފަ އެވެ. އަދި އެކަމަށްޓަކައި ރައީސް ސޯލިހު އަށާއި، ސަރުކާރަށް ކައުންސިލްގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފަ އެވެ.

"ފީވަކުގެ ތަރައްގީއަށްޓަކައި ވައުދެއް ވެވަޑައިގެންނެވި، ހަމައެކަނި ވެރިއަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ. ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ދަނީ ހިނގަމުން. އަދި ބައެއް މަޝްރޫއުތައް ވަނީ ނިމިފައި." ކައުންސިލުން ބުންޏެވެ.

ރައީސް ސޯލިހު ވަނީ، ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި، ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަންވެސް ރައީސް އަށް ދަންނަވާފަ އެވެ. 

އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާ، ރަށް ގިރުމުގެ މައްސަލަ ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް