ads
ޝޭހް ނިޝާން
ޝޭހް ނިޝާން އަލުން ބަންދުކުރަން ޕީޖީ މަސައްކަތް ކުރަނީ
ޝޭހް އާދަމް ނިޝާން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުން ނިންމައިފިއެވެ.
Advertisement

ޝޭހް އާދަމް ނިޝާން ސާޅީސް ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ މި ދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. ޝޭހް ދޫކޮށްލުމުން ޕްރޮސިކިއުޓަރ ޖެނެރަލްވަނީ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ ނިންމުން ހައިކޯޓުގައި މިދިޔަ  އަންގާރަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އެހެންނަމަވެސް ހައިކޯޓުގެ ރަޖިސްޓްރާރ މަރްޔަމް ހޫރުޝިދާ ސޮއިކޮށް މިއަދުވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލަ ބޭރުކޮށްލާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވަނީ ފުލުހުން ބަންދުގެ މުއްދަތު އިތުރުކުރަން ހުށަހެޅި މާއްދާއަކީ ރަނގަޅު މާއްދާއެއް ނޫން ކަމަށާއި ބަންދުގައި ބެހެއްޓުމަށް އެދިފައިވާ މާއްދާ ނޫން އެހެން މާއްދާއެއްގެ ދަށުން ބަންދުގެ މުއްދަތު އިތުރުކުރަން ހުރަހެއް ނެތް ކަމަށެވެ. އެހެންނަމަވެސް އެފަދައިން ބަންދުގެ މުއްދަތު އިތުރުކުރަން ލާޒިމްވާ އެއްވެސް ގާނޫނީ ނައްސެއް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ހުށަހަޅާފައެއް ނުވޭ

ޝޭހް ނިޝާން ޝަރުތުތަކަކާ އެކު ދޫކޮށްލުމުން އަލުން ބަންދުކުރުމަށް އެދި ދައުލަތުން ހައިކޯޓަށް މައްސަލަ ހުށަހެޅި އިރު ޝައިޚް ނިޝާން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ހިންގަމުން ދަނިކޮށް އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެކަމަށް ހިތްވަރު ދިންކަމުގެ ތުހުމަތުކޮށެވެ. ނިޝާންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިއިރު ބަންދުގެ މުއްދަތުތައް އިތުރުކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް