މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އައިމަން ލަތީފް ހޯދާފައިވާ މައުލޫމާތުގައިވާގޮތުން، ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަަށްފަހު، މިދިޔަ ޑިސެމްބަރު މަހު މަންސޫރު ރިޓަޔާކުރެއްވުމާއި ހަމަޔަށް މުސާރާގެގޮތުގައި މަހަކު 57،032 ރުފިޔާ ލިބެމުންދިޔަ އެވެ.
އެއީ:
މީގެ އިތުރުން އެމަގާމުން ޑިސެމްބަރު މަހު ރިޓަޔާކުރެއްވުމާއި ގުޅިގެން ގަނޑުކޮށް، އެއްމިލިއަން ހަތްސަތޭކެ އަށްވުރެ ގިނަ ރުފިޔާ އެއްްފަހަރާ ދީފައިވާއިރު، އެމަގާމާއި ގުޅިގެން މިހާރުވެސް މަހަކު 20،430 ރުފިޔާ މަންސޫރަށް ލިބެއެވެ.
ބްރިގޭޑިއާ ޖެނަރަލުގެ މަގާމުން އިސްތިއުފާ ދެއްވިޔަސް އެމިނިސްޓްރީގެ ސިޔާސީ މަގާމެއް ކަމަށްވާ ނެޝެނަލް ކައުންޓާ ޓެރަރިޒަަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ޒަކަރިއްޔާ ދަނީ ފުރުއްވަމުން ނެވެ.
އެމަގާމުގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 31،300 މަންސޫރަށް ލިބިވަޑައިގަންނަވަ އެެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 18،000، ލިވިން އެލަވަންސްއަށް 12،000 އަދި ފޯން އެލަވަންސްއަށް 800 އެވެ.
އެހެންކަމުން ރިޓަޔާމެންޓު އެލަވަންސްގެ ގޮތުގައި މިހާރުވެސް ލިބެމުންދާ 20،430 ރުފިޔާ އާއިއެކު، މަންސޫރަށް ޖުމްލަ 51،730 ރުފިޔާގެ މުސާރައެެއް ލިބޭކަން އެ މައުލޫމާތުތަކުން އެގެއެވެ.