ބޭރު ފައިސާގެ ގާނޫނެއް އެކުލަވާ އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިއަހަރު ޖެނުއަރީ މަހުން ފެށިގެންނެވެ.
މި ގާނޫނުގެ ދަށުން ކުރަން ޖެހޭކަންކަން
އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ބޭންކުތަކަށް މާރުކުރި ޑޮލަރުގެ އަދަދު ވަނީ 362 މިލިއަނަށް އަރާފައެވެ. އޭގެތެރެއިން 60 އިންސައްތަ އެމްއެމްއޭއަށް ވަނީ ބޭންކުތަކުން ދީފައެވެ. އޭއީ 217 މިލިއަނަށް ވުރެ ގިނަ ޑޮލަރުއެވެ.
އެމްއެމްއޭއިން ބުނީ މިދިޔަ އަހަރުގެ ފުރަމަ 6 މަސް ދުވަހު 88 މިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި އަނބުރާ ދައްކާފައިވާކަމަށެވެ. އަދި މިއަހަރު ލޯނުތަކަށް 174 މިލިޔަން ޑޮލަރު ދައްކާފައިވާކަންވެސް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން ބޮންޑު ދެއްކުމަށް 27.5 މިލިޔަން ޑޮލަރު ދޫކޮށްފައިވާކަމަށްވެސް ބޭންކުން ބުނެއެވެ.
ޑޮލަރު ބޭންކަށް މާރުކުރުމުން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް އެއާޕޯޓުން ވިއްކާ ޑޮލަރު 500 އިން 1،000އަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިތުރު ކުރެވޭނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން ކްރެޑިޓް ކާޑުގެ ލިމިޓު ދެ ގުނަ ބޮޑުކޮށް، ޓީޓީ ހެދުމުގެ ކަންތައްތަކަށްވެސް އިތުރު ފުރުސަތު އޮންނާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އިމްޕޯޓަށް ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ އަދަދު 10 ޕަސެންޓު ބޮޑުކުރަން މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ މިދިޔަ މަހުގެ 22 ގައި ނިންމާފައެވެ.