ފަސް ހާހަށް ވުރެ ގިނަ ދަރިވަރުންނާއި އެކު މެއި މަހުގެ ހަތަރުވަނަ ދުވަހު ފެށި އިމްތިހާނު ކުރިއަށް ގޮސްފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މިި އިމްތިހާނުގައި ޖުމްލަ 5939 ދަރިވަރުން ބައިވެރި އެވެ.
އިމްތިހާނުގެ ނަތީޖާ މިއަދު މެންދުރު 12:00 ޖެހިއިރު ދޫކުރަން ފަށާފައިވާއިރު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، ނަތީޖާ މިއަދު 12:00 އިން ފެށިގެން އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ލިބޭނެ ކަމަށެވެ.
އޯލެވެލް އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އާއި އަދި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވާ ދަރިވަރުން ވެސް ބައިވެރިވެފައި ވެއެވެ.