މިދިޔަ ދިރާސީ އަހަރު ރާއްޖޭން އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު ހެދި ދަރިވަރުންނަށް މިދިޔަ ހަފްތާއިން ފެށިގެން އެ ކުދިންގެ ނަތީޖާތައް ދޫކުރަން ފަށާފައިވާއިރު، ޑރ. ޝަހީމް ދެއްވި ނަސޭހަތަކީ، ނަތީޖާއާމެދު ދެރަވެ މާޔޫސް ނުވުމެވެ.
މިދިޔަ ހަފްތާއިން ފެށިގެން އޯލެވެލް އަދި އިސްލާމް ދިވެހި އިމްތިހާނުގެ ނަތީޖާތައް ދޫކުރަން ފަށާފައިވާއިރު ނަތީޖާގެ އެއްވެސް މައްސަލައެއް އުޅޭނަމަ އަންނަ ސެޕްޓެމްބަރު މަހު އަލުން ރީޗެކް ކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ދިރާސީ އަހަރު 239 ސެންޓަރަކުން 5،900 ދަރިވަރުން އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވެފައިވެއެވެ.