ads
އަފީފުއްދީން ސްކޫލްގެ ދަރިވަރުން
ނިމިދިޔަ އޯލެވެލް އިމްތިހާނުން ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލަށް ތާރީޚީ ކާމިޔާބެއް
ނިމިދިޔަ އޯލެވެލް އިމްތިހާނުން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން، އެ ސްކޫލުގެ ތާރީޚުގައި މިހާތަނަށް ނުލިބޭ ފަދަ ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ.
Advertisement

2013 އިން ފެށިގެން އޯލެވެލް ހަދަމުން އަންނަ މި ސްކޫލުގެ 16 ދަރިވަރަކު މިފަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ.

ޢަފީފުއްދީން ސްކޫލުގެ މިކާމިޔާބީގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ ވަކިވަކި މާއްދާތަކުން ހޯދާފައިވާ ކުރިއެރުންތަކެވެ. އެގޮތުން އެކައުންޓިންގ، ބިޒްނަސް، ފިޒިކްސް އަދި އެކޮނޮމިކްސް އިން ސަތޭކަ އިންސައްތަ ދަރިވަރުން ފާސްވެފައިވެއެވެ. މީގެ އިތުރުން 5 މާއްދާއިން ފާސްވެފައިވާ ކުދިންގެ ނިސްބަތްވެސް ވަނީ 82.82 އިންސައްތައަށް ކުރިޔަށް ޖެހިފައެވެ.

ގައުމީ ގަދަ 10 ގައި ޢަފީފުއްދީން ސްކޫލުގެ 16 ދަރިވަރުން ހިމެނިފައިވަނީ، ދެވަނައިގައި އެއް ދަރިވަރު، ތިންވަނައިގައި ތިން ދަރިވަރު، ހަތަރު ވަނައިގައި ތިން ދަރިވަރު، ފަސްވަނައިގައި އެއް ދަރިވަރު، ހަތް ވަނައިގައި ތިން ދަރިވަރު، ނުވަ ވަނައިގައި ތިން ދަރިވަރު އަދި ދިހަ ވަނައިގައި ދެދަރިވަރުންނެވެ.

މިއީ އިއްތިފާގަކުން ވީކަމެއް ނޫން. އެއީ ހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެންގެ މުޅި މިޓީމުން ކުރެވޭ ބުރަ މަސައްކަތް މިފެންނަނީ. ދަރިވަރުންގެ ހިތުގައި އެކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރު ކުރެއްވުމަށް މުދައްރިސުން ކުރައްވާ މަސައްކަތް އަޅުގަނޑު ފުރަތަމަވެސް ފާހަގަކޮށްލަން. ވަރަށް ބޮޑު މަސައްކަތެއް އެބޭފުޅުން ކުރައްވާ. އަޅުގަނޑު ފާހަގަކޮށްލަން މިފަހަރުގެ ގަދަ 10 ގައި ހިމެނުނު ބައެއް ކުދިންނަކީ، އެފަދަ ކާމިޔާބަކަށް ދެވިދާނެ ކަމަށް އެކުދިން އަމިއްލައަށްވެސް ގަބޫލްނުކުރާ ކުދިން. އެކުދިންގެ ކިބައިގައި އެގާބިލްކަން ހުރިކަން މުދައްރިސުން ކިޔައިދީ ވަރަށް ބުރަ މަސައްކަތް މުދައްރިސުން އުފުއްލެވި. އެކަން އަޅުގަނޑު ހަމަ ފާހަގަކޮށްލަން.

ޢަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ސީއެންއެމް އަށް ދެއްވި އިންޓަރވިއުގައި ވިދާޅުވިއެވެ.

ޕްރިންސިޕަލް ފާހަގަކުރެއްވި ގޮތުގައި ޢަފީފުއްދީންގައި ތަފާތު ކަމަކަށް މިކުރެވޭ މަސައްކަތަކީ ގްރޭޑް 9 އިން ފެށިގެން ދަރިވަރުންނާއެކު ކުރިޔަށް ގެންދެވޭ "ވަން އޮން ވަން" މީޓިންގތަކެވެ. ދަރިވަރާ، ބެލެނިވެރިޔާއާ ދެން ޕްރިންސިޕަލް ހިމެނޭ މި މީޓިންގ ތަކުގައި، ކުދިންގެ އެކަޑެމިކް ނަތީޖާ ޗާޓެއްގެ ގޮތުގައި ހަދައި ކޮންމެ ޓާމެއްގައިވެސް ކުރިއެރުން އަންނަވަރާ މަސައްކަތް އިތުރު ކުރަންޖެހޭ ބައިތައް ބަލައި މަޢްލޫމާތު ދެވެއެވެ. ކޮންމެ ކުއްޖެއްގެ މިނަތީޖާތައް ޕްރިންސިޕަލް ވަކިން ބަލައި ބެލެނިވެރިޔާއަށާ ދަރިވަރަށް ކިޔައި ދެވެއެވެ. އެ މީޓިންތަކުން ކުދިންގެ އަޒުމް އާކުރެއެވެ. ބެލެނިވެރިޔާ އެކަމަށް ކުދިންނަށް ހިތްވަރު ދެއެވެ.

your imageކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލުގެ ތާރީޚީ ކާމިޔާބީ

ޢަފީފުއްދީން ސްކޫލުން ކުރިޔަށް ގެންދާ އަނެއްކަމަކީ، ފުރަތަމަ ދުވަހުން ފެށިގެން ގްރޭޑް 10 ގެ ކުދިންނަށް އިތުރު ގަޑި ނަގައިދިނުމެވެ. ޓައިމް ޓޭބަލް ކުރެވި އިތުރު ގަޑި ކުރިޔަށް ގެންދެއެވެ. އެންމެ ފަހު ދުވަހަށް، އެންމެ ފަހު ޓާމަށް އިތުރު ގަޑި ނަގާކަށް މަޑެއް ނުކުރެއެވެ. މިއާއެކު ކިޔަވަންޖެހޭ ބައިތައް ކުރިޔާލައި ކަވަރު ކުރެވި އިތުރަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް މުދައްރިސުންނާއި ދަރިވަރުންނަށް ވަގުތު ލިބެއެވެ.

ކޮންމެ ކާމިޔާބެއްގައިވެސް ސްކޫލެއްގެ ކޮންމެ މުވައްޒަފެއްގެ އިތުރުން ދަރިވަރުންނާ ބެލެނިވެރިންގެ ދައުރުވެސް މުހިންމެވެ. އެންމެ ކުއްޖެއްގެ ކުރިއެރުމާ ކާމިޔާބަކީވެސް މިދެންނެވި ހުރިހާ ފަރާތެއްގެ ފުރިހަމަ ޝާމިލްވުމާ އެކީގައި ނޫނީ ހާސިލްވާނެ ކާމިޔާބެއް ނޫނެވެ. ކުޅުދުއްފުށީ ޢަފީފުއްދީން ސްކޫލުގެ ޓީމަކީވެސް މިވިސްނުމާ ފިކުރުގައި މަސައްކަތް ކުރާ ހީވާގި ޓީމެކެވެ. މިކަން ޕްރިންސިޕަލް ވަރަށްބޮޑަށް ފާހަގަކުރެއްވިއެވެ.  

ވަރަށްގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނިގެން މިދިޔައީ. ޖުމްލަކޮށް އެންމެންކުރި އިޖުމާޢީ މަސައްކަތެއް، މި މަސައްކަތަކީ. މިއާއެކު އަޅުގަނޑުމެންގެ ސްކޫލާމެދު އޮންނަ ޔަގީންކަން، އަޅުގަނޑުމެންގެ މިޓީމާމެދު އޮންނަ ޔަގީންކަން އިތުރުވެގެން މިދިޔައީ. މިނަތީޖާގައި އަސްލު ޝާމިލްވޭ ޢަފީފުއްދީންގެ ކޮންމެ ސްޓާފެއްވެސް. ކުދިންނަށް ޚިދުމަތް ދިނުމުގައި މިތާގެ މަސައްކަތު ބޭފުޅާވެސް ހުންނަވާނި. މިތާގެ އެޑްމިން ސްޓާފުވެސް ހުންނަވާނި. މިތާގެ ލެބޯޓްރީ ޓެކްނީޝަންވެސް ހުންނަވާނި. އަޅުގަނޑުމެންގެ ސެންޓަރ އޮފް ފޯކަސް އަކީ ކުދިން

ފަޚުރުވެރި ކާމިޔާބީއާ ގުޅޭގޮތުން ދެއްވި އިންޓަރވިއުގައި ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވިއެވެ.    

އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 އާއި ހަމަޔަށް ކިޔަވައިދެމުން އަންނަ މިސްކޫލަކީ ކުޅުދުއްފުށީގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލެވެ. ޢަފީފުއްދީން ސްކޫލަށް ލިބިގެން މިދިޔަ ފޮނި ތާރީޚީ ކާމިޔާބާއި ގުޅިގެން އެކަމުގެ އުފާ ބެލެނިވެރިންނާ މުދައްރިސުން ވަރަށް ބޮޑަށް ފާހަގަކުރެއެވެ. ހަމަ އެހެންމެ ކިޔަވަމުން އަންނަ ދަރިވަރުންގެ މޯޓިވޭޝަން އިތުރުވެ ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރުމަށް ހިތްވަރުވެސް އާވެފައިވެއެވެ.

98%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް