ރައީސް އޮފީހުން ބުނީ، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސަފާތު އައްޔަން ކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ ފެންވަރުގައި ކަމަށެވެ.
ޞަފާތަކީ ވުމަން އެންޑް ޑިމޮކްރަސީ ޖަމްޢިއްޔާގެ ފައުންޑަރ އަދި ރައީސްއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމު ފުރުއްވުމާއި ފައިނޭންޝިއަލް އެނަލިސްޓެއްގެ ގޮތުގައާއި ބިޒްނަސް އެނަލިސްޓެއްގެ ގޮތުގައި ޞަފާތު މަސައްކަތް ކުރައްވުމުގެ އިތުރުން އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޞަފާތު ވަނީ ފައިނޭންސް އެންޑް އިންވެސްޓްމަންޓްސް ދާއިރާއިން ޔުނިވަރސިޓީ އޮފް ނޮޓިންގހަމް އިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.