ads
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަހުމަދު
ސުހައިލް ކޮށްދެއްވި އަގުހުރި ހިދުމައްތަކަށް ޝުކުރު އަދާކުރަން: އެޗްޑީސީ
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން ސުހައިލް އަހުމަދު އިސްތިއުފާ ދެއްވީ ނޫން ކަމަށާއި، މަގާމުން ރިޓަޔާ ކުރައްވަން ނިންމެވީ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ސުހައިލް އެޗްޑީސީގެ އެމްޑީ ކަމުން އިސްތިއުފާ ދެއްވީ ކަމަށް ބުނެ މީޑިއާ ތަކުގައި މިއަދު ވަނީ ހަބަރު ފެތުރިފަ އެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން އެޗްޑީސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައި ހުންނެވި ސުހައިލް މާދަމާ އިން ފެށިގެން ރިޓަޔާ ކުރައްވަން ނިންމަވާފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

އެޗްޑީސީއިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 2001 ވަނަ އަހަރު އެ ކޯޕަރޭޝަން އުފެދުނީއްސުރެ ސުހައިލް ވަނީ ކޯޕަރޭޝަންގެ ގިނަ މަގާމުތަކެއް ފުރުއްވަވާފައި ކަމަށާއި، ހުޅުމާލޭގައި އެންމެ ފުރަތަމަ 200 އާއިލާ އާބާދުވެގެން ދިޔަ އިރުވެސް ސުހައިލް ހުންނެވީ އެ ކޯޕަރޭޝަންގައި ކަމަށެވެ. 

އަދި މިއަދާއި ހަމައަށް ސުހައިލް އެޗްޑީސީއަށް ކޮށްދެއްވި އަގު ނުކުރެވޭ ހިދުމަތްތަކަށް ހާއްސަ ޝުކުރެއް އަދާ ކުރައްވާ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ. 

ސުހައިލް ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ ބިޔަ މަޝްރޫއު ކުރިއަށް ދިޔަ އިރުވެސް އެކަމުގައި އިސްކޮށް ހަރަކާތްތެރި ވެފަ އެވެ. އަދި އެޗްޑީސީގެ ތަޖުރިބާ އަތޮޅުތެރެއަށް ގެންދިއުމަށް ފެށި "ބިޔޯންޑް ހުޅުމާލެ" މަސައްކަތްވެސް ފައްޓަވައި ދެއްވީ ސުހައިލް އެވެ. 

އެޗްޑީސީއިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނީ، ސުހައިލް އަކީ ހުރިހާ ފަރާތްތަކަކާއި ވެސް ގުޅޭ، ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއް ކަމަށާއި، ސުހައިލް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް