އޮގަސްޓު 27 އިން 29 އަށް މުލަކަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ސޯލިހު ފުރާވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ތިން ދުވަހުގެ އެ ދަތުރުފުޅު ނިންމަަވާލެެއްވުމަށްފަހު އެބުރި މާލެ ވަޑައިގަންނަވާނީ، 29 ވަނަ ދުވަހު އެވެ.
ދަރުތުފުޅުގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫއުތައް ކުރިއަށްދާ ގޮތް އެ މަނިކުފާނު ބައްލަވާލައްވާނެ އެވެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.