ފުލުހުން ބުނީ މާއެނބޫދޫ ސުކޫލުގެ ބިދޭސީ ޓީޗަރަކު އެ ސުކޫލުގެ ގުރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ނިވާކަންކުޑަކޮށް ތިބި ބަޔަކު ފެންނަ ވީޑިއޯ ޑޮކިއުމެންޓްރީއެއް ދެއްކި މައްސަލައެއް ލިބިފައިވާ ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ މިދިޔަ ހޯމަ ދުވަހު ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން އިތުރަށް ބުނީ މިމައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
ބިދޭސީ ޓީޗަރުގެ މިއަމަލާ ގުޅިގެން ބައެއް ބެލެނިވެރިން ސުކޫލަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.