ads
ހިސާން އަދި ރައީސް ނަޝީދު
ފަނޑިޔާރުންނަށް ބިމާއި، ފްލެޓަަށް ކުރިމަތިލެވޭ ގޮތް ހަދަން މަޖިލީހަށް ހުށަހަޅައިފި
ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭގޮތް ހަދަން ގާނޫނަކުން ކަނޑައަޅަން އެޓާނީ ޖެނަރަލް އޮފީހުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
Advertisement

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓު ރައީސް އޮފީހުން މިއަދު ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

މީގެތެރޭގައި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނެއުމުގެ ބިލެއްވެސް ހިމެނެއެވެ. ސަރުކާރުން ހުށަހަޅާ މި ބިލުގައި ހިމެނޭ މައިގަނޑު ކަންތައްތައްތަކުގެ ތެރޭގައި ފަނޑިޔާރުންނަށް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭގޮތް ހަދަން ގާނޫނަކުން ކަނޑައެޅުން ހިމެނެ އެވެ.

ފަނޑިޔާރުންނަށް ފްލެޓާއި، ގޯއްޗަށް ކުރިމަތިލެވޭގޮތް ހަދަން ހުށަހަޅާ ސަބަބެއްގެ ގޮތުގައި އޭޖީން ފާހަގަކޮށްފައިވަނީ، ފަނޑިޔާރުންގެ ތެރެއިން ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ތަނަސްވަސް ކޮށްދިނުމަށް ކަމަށެވެ.

ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓަށް ކުރިމަތިލެވޭގޮތް ހަދަން ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅިއިރު، ފަނޑިޔާރުނަށް ލިބޭ ލިވިން އެލަވަންސް ބޮޑުކުރަންވެސް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ފަނޑިޔާރުންގެ ލިވިން އެލަވަންސް މިންވަރަކީ އަސާސީ މުސާރައިގެ 35 އިންސައްތަ އަށްވުރެ މަދު ނޫން މިންވަަރެއް ކަމުގައި ކަނޑައަޅަންވެސް ވަނީ ހުށަހަޅާފައެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ސަރުކާރުން ހުށަހެޅި އިތުރު އިސްލާހުތައް

  • ފަނޑިޔާރުކަމުގެ އިތުރުން ކުރާ އެހެން މަސައްކަތްތަކަށް އުޖޫރަ ބަލައިގަތުމަކީ ހުއްދަކަމަށް ހެދުމަށް
  • އަމިއްލައަށް އެދިގެން ފަނޑިޔާރުކަމުން ވަކިވެވޭނެ އުމުރަކީ 65 އަށް ހެދުން
13%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
63%
ވަރަށް ސަލާމް
ކޮމެންޓްސް