ads
ފުލުހުން..
ފިރިހެނެއްގެ ކަރަށް ވަޅި ހެރި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން
ފިރިހެނެއްގެ ކަރަށް ވަޅި ހަރާ ޒަހަމް ކޮށްލި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އަންހެނަކު ވަނީ އޭނާގެ ފިރިމީހާގެ ކަރަށް ވަޅި ހަރާ ޒަހަމް ކޮށްލާފަ އެވެ. ފިރިހެން މީހާއަށް ލިބުނު ޒަހަމް ތަކަށް އޭޑީކޭގެ އިމަޖެންސީގައި ފަރުވާ ދިނުމަށްފަހު ފަހުން ވަނީ ވޯޑަށް ބަދަލު ކޮށްފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިރިމީހާއަށް ހަމަލާދީ ޒަހަމް ކޮށްލީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރި ވަމުން އަންނަ މީހެއްގެ ދަރި އެކެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް އަދި މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. 

އަންހެން މީހާ ފިރިމީހާ އަށް ހަމަލާދިނީ ގޭތެރޭ ހިނގި ޒުވާބެއްގެ ތެރެއިން ކަމަށްވަނީ މައުލޫމާތު ލިބިފަ އެވެ. އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް