ފުލުހުން ދާދި ދެންމެއަކު ނެރުނު ސަމާލުގައި ބުނެފައިވަނީ، ބޯޓު އަޑިއަށް ގޮސް އެ ބޯޓުގައި ހުރި މުދަލާއި ލަކުޑި ފަދަ ތަކެތި އޮޔާ ދަމުންދާ ކަމަށެވެ.
ނ. އަތޮޅު “ލަންދޫ ބޯޓް” އަކީ އެ އަތޮޅު މީހުން މާލެ އައުމަށާއި، މާލެއިން ރަށަށް ދިއުމަށް ބޭނުން ކުރާ ބޯޓެެކެވެ. މި ބޯޓުގައި މިފަދަ ދަތުރުތަކުގައި ގިނަ އަދަދެއްގެ މީހުންނާއިއެކު، އާއްމުންގެ ގިނަ އަދަދެއްގެ މުދާވެސް އުފުލައެވެ.
ބޯޓު އަޑިއަށް ދިއުމުން ބޯޓުގައި ހުރި ގިނަ އަދަދެއްގެ ގޭސްފުޅިތައް އޮޔާ ދާތީ، އެތަކެތި ނެގުމުގެ މަސައްކަތްވެސް ސަޕްލައި ދޯންޏަކުން ކޮށްފަވެއެވެ.
ބޯޓު ދިޔަވެ، ފަރަށް އެރި ބޯޯޓުގައި 12 ދިވެހިންނާއި، 36 ބިދޭސީން ތިއްބެވެ. ބޯޓުގައި ތިބި ގިނަ އަދަދެއްގެ މީހުން ގާފަރަށް ވަނީ ގެންގޮސްފަައެެވެ.