ads
ދިވެހި ޓީމުގެ ކޯޗު ޝާކިއްޓެ
ސާފުގެ ހިތި ތަޖުރިބާއާއެކު ޒުވާން ޓީމު އޭޝިއަންކަޕް ކޮލިފައިންއަށް
އިންޑިޔާގައި މިދިޔަ މަހު އޮތް ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ހިތި ތަޖުރިބާއާއެކު ދިވެހި ޒުވާން ފުޓްބޯޅަ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް ސައުދީ އަރަބިއްޔާއަށް ފުރައިފިއެވެ.
Advertisement

23 ކުޅުންތެރިންނާއި 9 އޮފިޝަލުން ރޭ ސައުދީ އަރަބިއްޔާއަށް ފުރިއިރު، މި ފަހަރުވެސް ޓީމުގެ ކޯޗަކީ އަޙްމަދު ޝާކިރު (ޝާކިއްޓެ)އެވެ. ސާފް ޗެމްޕިއަންޝިޕުގައި އެއްވެސް މެޗަކުން މޮޅުނުވެ ނިންމާލި ދިވެހި ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި މި ފަހަރު ކުޅެން ޖެހެނީ ސާފް ސަރަހައްދުގެ ޓީމުތަކަށްވުރެ މާ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ. އެހެންކަމުން މި ޓީމާ މެދު ހަގީގަތުގައި އެއްވެސް އުއްމީދެއްވެސް ނެތެވެ. ޓީމުގެ ކޯޗު ޝާކިއްޓޭވެސްވަނީ ރާއްޖޭން ކުޅެން ޖެހެނީ ފަރަގު ބޮޑު ޓީމުތަކާކަން ފާހަގަކޮށްފައެވެ.

ދިވެހި ޓީމާ އެކު އެއް ގްރޫޕެއްގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޗައިނާ، މިއަންމާ އަދި އުޒްބަކިސްތާނެވެ. މިއީ ވަރުގަދަ ގްރޫޕެކެވެ.

ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އުޒްބަކިސްތާނާ ދެކޮޅަށެވެ. އަދި ފަހު މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު މިއަންމާއާ ދެކޮޅަށެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ މެޗު ޝެޑިއުލް

10 ސެޕްޓެމްބަރު: ރާއްޖެ- އުޒްބަކިސްތާން

12 ސެޕްޓެމްބަރު: ރާއްޖެ- ސައުދީ އަރަބިއްޔާ

14 ސެޕްޓެމްބަރު: ރާއްޖެ- ޗައިނާ

19 ސެޕްޓެމްބަރު: ރާއްޖެ- މިއަންމާ

ދިވެހި ޒުވާން ޓީމު މިރޭ ސައުދީ އަރަބިއްޔާއަށް ފުރާއިރު، ދިވެހި ޒުވާން ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތަކީ މި މަހުގެ ކުރީކޮޅު އިންޑިޔާގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ވިހި އަހަރުން ދަށުގެ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. އެ މުބާރާތުގައި ރާއްޖެއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ލަންކާއާ ކުޅުނު މެޗުންނެވެ. ލަންކާ މެޗުގައި ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން އެއްވަރު ކުރީ ފަހު ވަގުތުކޮޅުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;