ads
ދަރަވަންދޫ ކައުންސިލާއިއެކު ބޭއްވި ބައްދަލުވުން
ދަރަވަންދޫއަކީ ޖަޒީރާ ތަރައްގީގެ ނަމޫނާއެއް ފެންނާނެ ރަށެއް: ރައީސް ސޯލިހް
ބ.ދަރަވަންދޫއަކީ ޖަޒީރާ ތަރައްގީގެ ނަމޫނާއެއް ފެންނާނެ ރަށެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ، ދަރަވަންދޫ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓުގަ އެވެ.

ދަރަވަންދޫ ކައުންސިލާ އ.ތ.މ ކޮމިޓީއާއެކު ރަށުގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކުރުމުގެ ފުރުސަތު ލިބުނީތީ އުފާކުރާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، ދަރަވަންދޫއަކީ ބ.އަތޮޅުގެ އިގުތިސާދަށް މުހިންމު ރަށެއް ކަމަށެވެ.

މި ބައްދަލުވުމުގައި، ދަރަވަންދޫ ކައުންސިލުން ވަނީ ރައީސް ސޯލިހުގެ ސަރުކާރަކީ ރާއްޖޭގެ ތަރައްގީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްގީއާއި ރަށްތަކަށް ބޭނުންވާ ހިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެއްކަން ފާހަގަކޮށްފައެވެ. އަދި، މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ރައީސް ސޯލިހް ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް ކައުންސިލުން ފާހަގަކުރިއެވެ.

your imageކައުންސިލާއިއެކު ބޭއްވި ބައްދަލުވުން

މިހާރުވެސް ތަރައްގީގެ އެކި އެކި މަޝްރޫއުތައް އެކި މަރުހަލާގައި ކުރިޔަށް ދިޔަކަމުގައިވިޔަސް ބައެއް ކަހަލަ ކަންބޮޑުވުންތައް ހުރިކަން ވެސް އެ ކައުންސިލުން ފާހަގަކުރި އެވެ. 

އެގޮތުން ފާހަގަކުރި ކަންކަން 

  • ދަރަވަންދޫގެ ބަނދަރާއި އެއަޕޯޓާ ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުން
  • ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރުކުރަން ބޭނުންވުން
  • ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަން. 
  • ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަން 
  • ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން 

މިބައްދަލުވުމުގައި ރައީސް ވަނީ އެކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު  އެދެވޭ ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫއުތައް ފާހަގަކުރައްވާނެކަމަށް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް