ads
ސިވިލް ކޯޓުގެ އިސްގާޒީ
އިސްގާޒީގެ ވަސިއްޔަތަކީ އިހްލާސްތެރިކަމާއެކު ހިދުމަތް ކުރުންމަތީ ދެމިތިބުން
އިޚްލާޞްތެރިކަމާއި ޚިދުމަތުގައި ދެމިތިބުމަށް ވަސިއްޔަތްކޮށް ސިވިލް ކޯޓުގެ އިސްގާޒީ ޢަބްދުﷲ އަލީ 36 އަހަރަށް ފަހު މަސައްކަތުން ރިޓަޔަކުރައްވައިފިއެވެ.

ޝަރުޢީ ދާއިރާއަށް 36 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ ރިޓަޔަ ކުރެއްވިއިރު، ސިވިލް ކޯޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވާ ޢަބްދުﷲ ވިދާޅުވެފައިވަނީ ޚިދުމަތް ދިނުމުގައި ސިވިލް ކޯޓަކީ ނަމޫނާ ކޯޓެއްކަމުގައި ހެދުމަށް ވަސިއްޔަތް ކުރައްވާފައެވެ.

ރައްޔިތުންނަށް ޚިދުމަތްތެރިވުމުގައި ލާމަސީލު ނަމޫނާ ދައްކާތަނެއްކަމުގައި ސިވިލްކޯޓު ހެދުމަށް އިސްޤާޟީ ގެންގުޅުއްވި މަތިވެރި ދުރުރާސްތާ ކުރިމަގުގެ މަތިން ހަނދުމަކޮށްދެއްވާ، އިޚްލާޞްތެރިކަމާއި އެކު ކޯޓަށް ޚިދުމަތްކުރުން މަތީ ދެމިތިބުމަށް ވަޞީއްޔަތްކުރެއްވި ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

ބުރާސްފަތި ދުވަހަކީ ސިވިލް ކޯޓުގެ އިސްގާޒީ ޢަބްދުﷲ އަލީ، ސިވިލް ކޯޓުގައި މަސައްކަތް ކުރައްވާ ރަސްމީ ފަހު ދުވަހެވެ. އާދިއްތަ ދުވަހުން ފެށިގެން އިސްގާޒީ ރަސްމީކޮށް ރިޓަޔަ ވެގެންދާނެއެވެ.

"އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްޙީ ސަބަބުތަކަށްޓަކައި މަޤާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް ޢިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގެ ދަށުން ފަނޑިޔާރުކަމުގެ މަޤާމުން ޢަބްދުﷲ އަލީ މުސްކުޅިކޮށްދިނުމަށް، ޖޭއެސްސީން ނިންމީ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.  ސިވިލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުالله ޢަލީ، 2022 ސެޕްޓެންބަރު 04 އިން ފެށިގެން މުސްކުޅިކޮށްދެއްވުމަށް ނިންމުމާ ގުޅިގެން، ސިވިލް ކޯޓު ވަގުތީގޮތުން ހިންގެވުން، އެތާރީޚުން ފެށިގެން، ސިވިލް ކޯޓު ވަގުތީ ގޮތުން ހިންގާނީ ޤާޟީ އަލްއުސްތާޛު އަޙްމަދު ނިމާލް ޖުނައިދުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް