ads
ގޮޓަބަޔާ
ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަ އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައިފި
އަމިއްލައަށް އިސްތިއުފާ ދެއްވި ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުން އޭނާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސްރީލަންކާގެ ރައްޔިޔުން ގޮވާލަން ފަށައިފިއެވެ.
Advertisement

ރާޖަޕަކްސަ ގެ ސަރުކާރާ ދެކޮޅަށް އެތައް މަހެއް ވަންދެން ރުޅިވެރި މުޒާހަރާތަކެއް ކުރުމާ ގުޅިގެން، އޭނާ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންެވީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

އުމުރުފުޅުން 73 އަހަރުގެ ގޮޓަބަޔާ ސިންގަޕޫރު ދޫކުރައްވައި، އެނބުރި ގައުމަށް ވަޑައިގަތުމުގެ ހުއްދަ ލިބެންދެން ބެންކޮކްގެ ހޮޓަލެއްގައި ހަފްތާތަކެއް ހޭދަކުރެއްވިއެވެ.

އޭނާގެ ސަރުކާރު ވައްޓާލި މުޒާހަރާގެ ކެމްޕޭންގެ ލީޑަރުން ބުނަނީ، ވެރިކަމުން ވަކިވެވަޑައިގަތުމަށްފަހު ރިޔާސީ އިނާޔަތް ގެއްލިވަޑައިގެންނެވި ރާޖަޕަކްސަ މިހާރު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ.

ލަންކާގެ ޓީޗާސް ޓްރޭޑް ޔޫނިއަންގެ ލީޑަރު ޖޯސެފް ސްޓާލިން ވިދާޅުވީ އޭނާ އެނބުރި ގައުމަށް ވަޑައިގަތީ އޭނާއަށް އެއްވެސް ގައުމަކުން ރައްކާތެރިކަން ލިބިވަޑައިނުގަތުމުން ކަމަށެވެ. އެގައުމުގެ 22 މިލިޔަން މީހުންނަށް ދިން އަނިޔާގެ ބަދަލުގައި އޭނާ ވަގުތުން ހައްޔަރު ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާޖަޕަކްސަގެ ވެރިކަމުގައި ސްރީލަންކާގެ އިގުތިސޯދު އާދަޔާ ޚިލާފަށް ހީނަރުވެ މެނޭޖް ނުކުރެވުމުގެ ސަބަބުން ވަނީ ބޮއްސުން ލާފައެވެ.

ތެލުގެ ސަޕްލައި މަދުވެ، ޕެޓްރޯލް ސްޓޭޝަންތަކުގައި ދިގު ކިޔޫތައް ގިނަވެ،  ތެލުގެ ދަތިކަން އިންތިހާއަށް ބޮޑުވިއެވެ. ބޭރުފައިސާ ނެތުމުގެ ސަބަބުން އެތެރެކުރަން ޖެހޭ މުހިންމު ބާވަތްތަކަށް ފައިސާ ދެއްކުމަށް ވަނީ ނުކުޅެދިފައެވެ.

އޭނާގެ ފުށުން ގައުމަށް އެއްވެސް ގެއްލުމެއް ނުވާ މީހެއްގެ ގޮތުގައި އޭނާ ނުބެހެއްޓޭނެ ކަމަށްވެސް ސްޓާލިން ވިދާޅުވިއެވެ.

ރާޖަޕަކްސަ ކޮލަމްބޯގެ މައި ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ވަޑައިގެންނެވުމުން މިނިސްޓަރުންނާއި، ސިޔާސީ އިސް ބޭފުޅުންވަނީ ރާޖަޕަކްސާ އަށް މަރުހަބާ ދަންނަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް