ޖުލައި މަހު ކުރި ވިއްސާރައާއި އަދި އުދަ އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް އެހީތެރިވެދިނުމަށް ފަހު ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ -އެންޑީއެމްއޭއިން ބުނީ 10 ރަށަކުން ވިއްސާރައިގެ ސަބަބުން ގެއްލުން ވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ގެއްލުމަށް އެހީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދީފައިވެއެވެ. އެހީދީފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ މަރަދޫ، މަރަދޫފޭދޫ ށ. ބިލަތްފަހި، ގދ. ރަތަފަންދޫ، ގދ. މަޑަވެލި، ގދ. ފިޔޯރީގެ ގދ. ހޯޑެއްދޫ އަދި ތ. ތިމަރަފުށްޓާއި، ހދ. ވައިކަރަދޫއެވެ.
ޑިޒާސްޓަ މެނޭޖްމެންޓުން ބުނި ގޮތުގައި ޒަރޫރީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 294،562.60 ރުފިޔާ ދީފައިވާއިރު، އިމާރާތްތަކަށް ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި 961،725 ރުފިޔާ ދީފައިވެއެވެ.