ads
ތޮއްޑޫއަށް މިދިޔަ އަހަރު 11 ކިޔަވަން އައި ކުދިން
ތޮއްޑޫއަށް 11 ކިޔަވަން އަންނަ ދަރިވަރުންގެ ހަރަދު ކައުންސިލުން ދެނީ
އއ. ތޮއްޑޫ ސްކޫލުގައި މިއަހަރު 11 ކިޔަވަން ރަށަށް އަންނަ އެހެން ރަށްރަށު ދަރިވަރުންގެ ހަރަދުތައް އެ ރަށު ކައުންްސިލުން ދޭން ނިންމައިފި އެވެ.

ތޮއްޑޫ ކައުންސިލުން ބުނީ، މިއަހަރުވެސް އެރަށު ސްކޫލުގައި މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވާތީ، ތޮއްޑޫ އަށް އެހެން ރަށްރަށުން ކިޔަވަން އަންނަ ކުދިންނަށްވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން އެރަށަށް 11 ކިޔަވަންް ދާ ދަރިވަރުންގެ ހުރުމާއި، ކެއުމުގެ އިތުރުން ފައިސާގެ އިނާޔަތެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. ކައުންސިލުން ބުނީ، އެ ހަރަދު އެ ދަރިވަރެއްގެ ކިޔެވުން ނިމެންދެން ހަމަޖައްސާދޭނެ ކަމަށެވެ.

“އަދި ތޮއްޑޫއިން 11 ކިޔަވައި ދަރިވަރުންނަަށްވެސް މި އިނާޔަތް ދިނުމަށް ވަނީ ނިންމާފަ،”ކައުންސިލުން ބުންޏެވެ.

އެހެންކަމުން އެރަށުގައި މިއަހަރު 11 އަށް ކިޔަވަން ބޭނުންވާ ދަރިވަރުން 9166166 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ކައުންސިލުން އެދެއެވެ. 

އޭލެވެލްއަށް ކިޔަވައިދޭން ފަށާ ވަރަށް ވުރެ ދަރިވަރުންގެ އަދަދު މަދުވުމުން މިދިޔަ އަހަރުގައިވެސް ކައުންސިލުން ވަނީ ރަށަށް ކިޔަވަން އަންނަ ދަރިވަރުންގެ އަދަދުން އެ އަދަދު ހަމަކުރުމަށް އެ ދަރިވަރުންގެ ހަރަދު ކައުންސިލުން ހަަމަޖައްސައިދީފައެވެ.

އެފަހަރު ދަރިވަރުންނަށް ޕޮކެޓް މަނީގެ ގޮތުގައި މަހަކު 1،000 ރުފިޔާ ދީފައިވެއެވެ. އަދި ރަށުން ބޭރުން ކިޔަވަން ދިޔަ ކުދިންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭ އާއިލާތަކަށް މަހަކު 1،500 ރުފިޔާ އެފަހަރު ދިނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް