ads
ބިލެއްދޫގައި ބުދު ދީނުގެ އަޅުކަން ކުރުމަށް މަގުމަތީ ހިނގިކަމަށް ބުނެ ދައުރުވަމުންދާ ފޮޓޯ
ބިލެއްދޫގައި ބުދު ހަދައިގެން އުޅުނު ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފި
ބުދު ހަދައިގެން އަޅުކަން ކުރަން އުޅުނު ބިދޭސީންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފ. ބިލެއްދޫގައި ތިބި ބިދޭސީން ތަކެއް ވަނީ ހިންދޫ ދީނުގެ ބުދެއް ހަދައިގެން އެއަށް އަޅުކަން ކޮށްފަ އެވެ. އެމީހުން ވަނީ އެ ބުދު ހިފައިގެން ރަށު ތެރޭގައި ހިނގާފަ އެވެ. 

މިކަމާއި ގުޅިގެން އެރަށު ބަޔަކު ވަނީ އެމީހުން ދިރިއުޅެމުންދިޔަ ތަނަށް ވަދެ އެތަނުގައި އެބުދު އިންތޯ ބަލާފަ އެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެތަނަށް ދިޔަ އާއްމުން އެތަނުން ދުރުކޮށް ބުދު ހަދައިގެން އުޅުނު ބިދޭސީން ހައްޔަރުކޮށްފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ތިން ފިރިހެނަކު މިމަހުގެ ތިން ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ މީހަކާއި، 37 އަހަރުގެ މީހެއްގެ އިތުރުން 39 އަހަރުގެ މީހެއް ކަމަށެވެ. 

އަދި މިމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައި ވާކަމަށް ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް