ads
ޓާޓާ ކުންފުނީގެ ކުރީގެ ޗެއާމަން ސައިރަސް މިސްޓްރީ
ކާރު އެކްސިޑެންޓެއްގައި ޓާޓާ ކުންފުނީގެ ކުރީގެ ޗެއާމަން ސައިރަސް މިސްޓްރީ މަރުވެއްޖެ
އިންޑިއާގެ އެންމެ މުއްސަނދި އެއް ބިލިއަނަރު ކަމަށްވާ، ޓާޓާ ކުންފުނީގެ ކުރީގެ ޗެއާމަން، ސައިރަސް މިސްޓްރީ މަރުވެއްޖެ އެވެ.

އުމުރުން 54 އަހަރުގެ ސައިރަސް މަރުވީ، މިދިޔަ އާދީއްތަ ދުވަހު މުމްބާއީއަށް ދަތުރު ކުރަމުން ދަނިކޮށް އޭނާ އިން ކާރު މަގުމަތީގައި ހަރުކޮށްފައި ހުރި، "ޑިވައިޑަރެއް" ގައި ޖެހި ހިނގި އެކްސިޑެންޓެއްގަ އެވެ. 

މި އެކްސިޑެންޓުގައި ސައިރަސްގެ އިތުރުން އެހެން މީހަކުވެސް މަރުވެފައި ވާއިރު، އިތުރު މީހަކަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. 

ސައިރަސް މަރުވުމާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީގެ އިތުރުން އެގައުމުގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ، ހިތާމަ ފާޅުކުރަމުންނެވެ. 

ސައިރަސް މަރުވުމާއި ގުޅިގެން މޯދީ ވިދާޅުވީ، ސައިރަސް އަކީ ކުޅަދާނަ ވިޔަފާރި ލީޑަރެއް ކަމަށާއި، އޭނާ އަކީ އިންޑިއާގެ އިގްތިސާދު ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދަށް ވެގެން ދާނެ ކަމަށް ގަބޫލު ކުރި މީހެއް ކަމަށެވެ. އަދި ގެއްލިގެން ދިޔައީ، ދުނިޔޭގެ އިގްތިސާދަށްވެސް މުހިއްމު ބައިވެރިއެއް ކަމަށް މޯދީ ވިދާޅުވި އެވެ. 

ސައިރަސް އަކީ ޓާޓާ ކުންފުނީގެ ހަވަނަ ޗެއާމަން އެވެ. އޭނާ ޗެއާމަން ކަމުން ވަކިކުރީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް