ads
އަހްމަދު ސައީދު އަލީ
ރިޝްވަތުގެ ތުހުމަތާއެކު ވެލިދޫ އިސްމެޖިސްޓްރޭޓް އިސްތިއުފާ ދީފި
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ، އެ ކޯޓުގެ މައްސަލަތައް ނިންމުމުގައި ރިޝްވަތު ނަގާކަމަށް ތުހުމަތު ކުރެވުމާއިއެކު މަގާމުން އިސްތިއުފާ ދީފިއެވެ.

ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ އިސްތިއުފާ ދިނީ މިއަދުއެވެ. އޭނާ މިއަދު އިސްތިއުފާ ދިން އިރު، އޭނާ ރިޝްވަތު ނަގާ ކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސަވިސް ކޮމިޝަނަށް ހުށަހެޅި އެ ކޮމިޝަނުން ތަހުގީގު ކުރަން ފަށަންވަނީ ތައްޔާރުވެފައެއެވެ.

ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީގެ މައްޗަށް ރިޝްވަތު ނަގާކަމުގެ ތުހުމަތު ކުރެވިފައިވަނިކޮށް އޭނާ މިއަދު މަގާމުން އިސްތިއުފާ ދިންނަމަވަސް އެ މައްސަލައާ ގުޅޭ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް