ރާއްޖެއާ ޖަޕާން ކުޅުނު މެޗުން ރާއްޖެ މޮޅުވީ 21-56 ގެ ބޮޑު ތަފާތަކުންނެވެ. ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ރާއްޖެ ޖަޕާނު އަތުން މޮޅުވެ އޭޝިއަން އިންޑޯ ގޭމްސްއަށް ކޮލިފައިވީ މުބާރާތުގެ ގަދަ 8 ގެތެރޭގައި ހިމެނިގެންނެވެ. ޖަޕާނު އަތުން މޮޅުވުމުގެ ކުރިން ސިންގަޕޫރު އަތުން ރާއްޖެ ބަލިވިއެވެ.
މި މެޗުން މޮޅުވުމާ އެކު ރާއްޖެ 2 ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕުގެ 2 ވަނަ ޓީމުގެ ގޮތުގަ އެވެ.