ރިޕޯޓްތައް ބުނާ ގޮތުން އައްޑޫ ސިޓީ މީދޫ މަސްޖިދުލް މަޖުދުއްދީނުގައި މުދިމުކަން ކުރާ މުހައްމަދު ރަޝީދު، މިދިޔަ ހުކުރު ދުވަހު ހުތުބާ ކިޔާފައިވަނީ އައްޑޫ ބަހުންނެވެ. އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލާ ހަވާލާދީ މި ސަސްޕެންޝަން ބައެއް މީޑިއާތަކުންވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މިކަމުގެ ތަފްސީލެއް ނުލިބެއެވެ.
އައްޑޫ ބަހުން ހުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑް ކުރިއިރު، އުތުރުގެ ރަށެއްގެ މުދިމަކަށް ޓެރަރިޒަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރި މައްސަލައިގައި އަލުން ވަޒީފާދޭން މި ފަހުންވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންގާފައެވެ.