ads
ރައީސް ޔާމީން އަދި އިމްރާން
ޖަލުން މުޖުތަމައުއަށް ނިކުންނަން އަޅުގަނޑުވެސް، ރައީސް ޔާމީންވެސް ރިހިބިލިޓޭޓު ވާންޖެހޭނެ
ޖަލަށް ގޮސްފިނަ ރައީސް ޔާމީން ވެސް ރިހިބިލިޓޭޓްވާންޖެހޭނެ ކަމަށާއި، އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ޤައިދީންނަކީވެސް ރިހިބިލިޓޭޓްވާންޖެހޭނެ މީހުންކަމުގައި ހެދުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement

ކަރެކްޝަންސްގެ 51 ވަނަ އަހަރީ ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޖަލުތަކުގެ ހާލަތު ބަދަލުކުރަން ސަރުކާރުން ކުރައްވާ އެންމެ މުހިއްމު ކަމަކީ ރިހިބިލިޓޭޓްކުރުންކަމަށެވެ. 

މިސަރުކާރު ހަވާލުވިއިރު ރާއްޖޭގެ ޖަލުތަކުގެ ރިހިބިލިޓޭޝަން ނިޒާމް އޮތީ ބޮޑުތަނުން ފުރިހަމަކޮށް ރަނގަޅުކުރަން ޖެހިފައިކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެމަސައްކަތުގެ ތެރެއިން މުޅިން އަލަށް ކަރެކްޝަންގެ އެހެން ކޮމާންޑްތަކާ އެއްލެވެލްއެއްގައި ރިހިބިލިޓޭޝަން ކޮމާންޑެއް އުފައްދާ ކަރެކްޝަންގެ އޮނިގަނޑުގެ ތެރޭގައި ހިމަނާ ބޭނުންވާނެ މުވައްޒަފުން ގޮންޖެހުންތަކާއެކުވެސް ހޯދާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަދި މިއަދު އަމާޒަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ޖަލުގައި ތިބޭ ހުރިހާ ގައިދީންނަކީވެސް ރިހިބިލިޓޭޓްވާންޖެހޭނެ މީހުންކަމުގައި ހެދުންކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ ހުދު އެމަނިކުފާނުވެސް ހިމެނޭހެން ޖަލަށް ރައީސް ޔާމީންވެސް އެ ޕްރޮގްރާމު ފުރިހަމަ ކުރަންޖެހޭނެ ކަމަށް ކަމަށެވެ.

”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގަތުގައިވެސް އިމްރާން ޖަލަށް ލިޔަސް, ރައީސް ޔާމީން ޖަލަށް ލެވުނަސް ރިހިބިލިޓޭޓް ޕްރޮގްރާމްގައި ބައިވެރިވާން ޖެހޭނެ. އެއީ އެކަން އޮތްގޮތް, އެތަނަށް ދަނީ ކޮންމެވެސް މައްސަލައެއް ހައްލުކުރަންވެގެން. ކޮންމެސް މައްސަލައެއް އޮވެގެން އެތަނަށް ދިޔާމާ އެތަނުގެ ތެރޭން ކޮންމެސް ޕްރޮގްރާމެއްގައި ބައިވެރިވެ ކޮންމެސް ފިލާވަޅެއް, ދަރުސެއް ލިބިގެން އަނބުރާ މުޖުތަމައުއަށް އަންނަންވާނީ. އެކަން ކަށަވަރުކޮށްދިނުމަކީ ކަރެކްޝަންގެ ޒިންމާއެއް, މަސްއޫލިއްޔަތެއް. ވާޖިބެއްކަމަށް އަޅުގަނޑު ދެކެނީ" މިނިސްޓަރު ވިދާޅުވިއެވެ.

ރިހިބިލިޓޭޝަން މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ރިހިބިލިޓޭޝަންގެ މަސައްކަތަށް އަހުލުވެރިވެފައިތިބި އޮފިސަރުން އުފެއްދުންކަމަށާއި, އެކަމަށް ވަރަށްބޮޑު އިސްކަމެއްދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަށް ދައުލަތުން ވަރަށްބޮޑު ހޭދައެއްކޮށް, މަގުފަހިކޮށްދޭންޖެހޭކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

ހުދު މިނިސްޓަރު އިމްރާން ހިމެނޭހެން ރައީސް ޔާމީންވެސް ރިހިބިލިޓޭޓުވާންޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއިރު، ރައީސް ޔާމީންގެ ވެރިކަމުގައި މޭޑޭގެ މުޒާހަރާ އާއި ގުޅިގެން ހައްޔަރުކޮށް ޖަލަށް ލެވުނު މީހުންގެ ތެރެއިން މިނިސްޓަރު އިމްރާން ހިމެނެއެވެ.

އަދި މި ސަރުކާރުގެ ވެރިކަމުގައި ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ޖަލު ހުކުމުން ރައީސް ޔާމީން މިހާރު ހުންނެވީ މިނިވަންވެ ވަޑައިގެން ގޭގައެވެ. އަދިވެސް އިތުރު ޝަރީއަތްތައް ރައީސް ޔާމީންގެ މައްޗަށް ދަނީ ހިންގަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް