ads
ފަނޯއްލަ ދަރުބާރުގެ ތެރެއިން
ފަނޯއްލަ ދަރުބާރު ލ. އަތޮޅުގައި ފަށައިފި
ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް ލޯހަލް ގަވަމެންޓް އޮތޯރިޓީން ކުރިއަށް ގެންދާ 4 ވަނަ ސެމިނާ "ފަނޯއްލަ ދަރުބާރު" ހައްދުން މަތީ ގައުމުގައި ފަށައިފިއެވެ.

މިއީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫ.އެސް.އެއިޑް ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ ސެމިނާއެކެވެ. ފަނޯއްލަ ދަރުބާރުގެ ހަތަރުވަނަ ދަރުބާރު ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒުއެވެ.

މި ފަހަރުގެ ފަނޯއްލަ ދަރުބާރު އަމާޒުކުރެވިފާވަނީ ނިލަންދެއަތޮޅު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަށެވެ.

ފަނޯއްލަ ދަރުބާރުގެ މަޤްޞަދަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަންފީޒުކުރުމަށް ހުރި ގޮންޖެހުންތަކާއި އަދި ޖުމްލަގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް