ads
ނާޒިމް ސައްތާރު..
އަލަމްގީރާއެކު ގުޅުން ހިންގި ކަމަށް އެއްބަސްވަން، އެކަމަކު ލިވާތެއް ނޫން: ނާޒިމް
ހުކުމްކުރުން މި ހަފްތާގައި
އެއްޖިންސުން ގުޅުން ހިންގިކަމުގެ ދައުވާއަށް ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސަައްތާރު ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.
Advertisement

ނާޒިމުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީން ނާޒިމަށް ކުރި ދައުވާގައި ސީދާ ލިވާތުކުރި ކަމަށް ނެތްނަމަވެސް، އަލަމްގީރާއިއެކު ހިންގާފަައިވާ އެއްޖިންސުގެ ބަދައަހުލާގީ އެތައް ކަމެއް ވަނީ ތަފްސީލްކޮށްފައެވެ.

އޭނާއަށް ކޮށްފައިވާ ދައުވާގައި އަލަމްގީރާއި ގައިގޯޅިވެ، ”ކިސް ކޮށް” އެނޫންވެސް ގޮތްގޮތުން ޖިންސީ އަމަލު ހިންގާފައިވާކަމަށް ބުނެފައިވެއެވެ.

ނާޒިމް މިއަދު ވަނީ އެދައުވާގައިވާ ކަންކަމަށް އެއްބަސްވެފައެވެ. ނަމަވެސް ވިދާޅުވީ އެއީ ލިވާތުކުރުން ނޫން ކަމަށެވެ.

ދައުވާއަށް އެއްބަސްވަން. އެއްބަސްވަނީ ބަދުއަހުލާގީ އަމަލު ހިންގިކަމަށް. އެކަމަކު އެއީ ލިވާތެއް ނޫން. އިސްލާމީ ޝަރީއަތުގަައި ލިވާތަކީ އޭނަލް ޕެނެޓްރޭޝަން،” ނާޒިމް ވިދާޅުވި އެވެ.

ދައުވާގައި ބުނެފައިވަނީ، އެއަމަލު ނާޒިމްއާއި އަލަމްގީރް ހިންގާފައިވަނީ 2021 ވަނަަ އަހަރުގެ ކުރީކޮޅު އަލަމްގީރުގެ ކޮޓަރިތެރޭގައި ކަމަށެވެ. 

ހުކުމްކުރުން މި ހަފްތާގައި 

ދައުވާތަކަށް ނާޒިމް އެއްބަސްްވެފައިވާތީ، އޭނާގެ މައްޗަށް މި ހަފްތާގެ ތެރޭގައި ހުކުމް ކުރުމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.

ޖިންސީ ކުށުގެ ގާނޫން އެއްޖިންސުން ގުޅުން ހިންގާ މީހާގެ އަދަބަކީ 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް މިމައްސަލާގައި އެތައް ބަޔަކާއިއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ އެތައް ވީޑިއޯތަކެއް ލީކުވެފައިވާއިރު އަލަމްގީރަށްވެސް އިއްވާފައިވަނީ ހަތްމަހުގެ ޖަލު ހުކުމެކެވެ. އޭނާއަށް ހަތްމަހުގެ ޖަލު ހުކުމަކާއިއެކު ތައުބާ ލައިދީފައިވެއެވެ.

ބެލެވޭގޮތުގައި އޭނާއަށް އެންމެ ހަތްމަހުގެ ޖަލު ހުކުމެއް އައީ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނު އުގޫބާތުގެ ދަށުން ހުކުމް ކުރުމުން ނެވެ. އަދި އޭނާ ކުށަށް އިއުތިރާފުވެ، ތައުބާވެފައިވާތީވެސް ކުށުގެ އަދަބު ލުއިވާނެ އެވެ. 

ނާޒިމަށްވެސް ދައުވާކޮށްފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމުން އޭނާގެ ހުކުމްވެސް ބެލެވެނީ ލުއިވާނެ ކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގިކަމަށް ނާޒިމް އިއުތިރާފުވިއިރު، އަލަމްގީރާއިއެކު ގުޅުންހިންގި ވީޑިއޯ ލީކުވުމުން އެންމެ ފުރަތަމަ ނާޒިމް ވަނީ އެއީ ”އެޑިޓެއް“ ކަމަށް ވިދާޅުވެ އެކަން ދޮގުކޮށްފައެވެ.

ނަމަވެސް ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ، ވީޑިއޯތައް ބަލާ އެނަލައިޒްކުރިއިރު، އެއީ އެ އެޑިޓެއް ނޫންކަން ކަށަވަރުވާތީއާއި، އެ ވީޑިއޯއިން ފެންނަނީ ނާޒިމްކަން ސާފުކޮށް ކަށަވަރުކުރެވޭތީ ކަމަށް ބުނެއެވެ.  

މިމައްސަލާގައި އަލަމްގީރާއެކު ގުޅުން ހިންގަނިކޮށް ފެންނަ 200 އަށްވުރެ ގިނަ ދިވެހީންގެ ވީޑިއޯ ހޯދިފައިވެއެެވެ.

17%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް