ads
ދިވެހި ޒުވާން ޓީމް
3 ވަނަ މެޗުންވެސް ޒުވާން ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ
20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ފިރިހެން ފުޓްބޯޅަ ޓީމު ކުޅުނު 3 ވަނަ މެޗުންވެސް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

ރޭ ރާއްޖެ ބަލިވީ ޗައިނާގެ 20 އަހަރުން ދަށުގެ ޓީމު އަތުން 5-0 ންނެވެ. ދިވެހި ޓީމު ފުރަތަމަ މެޗުގައި އުޒްބަކިސްތާނު އަތުން 7-0 ބަލިވިއިރު 2 ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވީ 11-0 ނެވެ. ދިވެހި ޓީމަށް އަދި ކޮލިފައިންގައި ލަނޑެއް ނުޖެހޭއިރު ބައިކޮޅަށް މިހާތަނަށް 21 ލަނޑު ވަނީ ވަދެފައެވެ. ކޮލިފައިންގައި ރާއްޖޭން ކުޅެން ޖެހޭ ފަހު މެޗުގައި ވާދަކުރާނީ މިޔަންމާއާއެވެ.

މި މުބާރާތުގެ ކުރިން ދިވެހި ޒުވާން ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތަކީ މިދިޔަ މަހުގެ ކުރީކޮޅު އިންޑިޔާގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ވިހި އަހަރުން ދަށުގެ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. އެ މުބާރާތުގައި ރާއްޖެއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ލަންކާއާ ކުޅުނު މެޗުންނެވެ. ލަންކާ މެޗުގައި ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން އެއްވަރު ކުރީ ފަހު ވަގުތުކޮޅުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް