
އޭނާގެ މޫނުމައްޗަށް ވެއްޓުނު ދަނގަޑުގަޑުން ވަނީ އޭނާގެ ނޭފަތް ފޫއަޅުވާލާފައި ފުންކޮށް ޒަހަމުވެފައެެވެ.
މިވަގުތު ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާދެމުންދާއިރު، ނޭފަތް މަތިން ދަގަނޑުގަނޑު ވަނުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ގިނަ އަދަދަކަށް ދިޔައީ ލޭފައިބަމުން ނެވެ.
”ސީއެންއެމް“ އަށް މައުލޫމާތު ލިބިފައިވަނީ މިދަނގަޑު ވެއްޓުނީ ހެންވޭރުގައި ހުރި އާރްސީސީގެ ކޮންސްޓްރަކްޝަން ސައިޓަކުން ކަމަށެވެ.
ދަގަނޑުގަނޑު ވެއްޓުނީ ބުރެވި މަގުގައި ހުރި ހ. ޒާހަމް އިމާރާތުގެ ހަތްވަނަ ފްލޯއިން ނެވެ. ޒަހަމުވެފައިވަނީ އެ ކުންފުނީގެ ބިދޭސީ މަސައްކަތު މީހެކެވެ.
ދަނގަނޑުގަޑު ހެރި ޒަހަމުވީ އާރްސީސީ މުވައްޒަފަކަށް——ފޮޓޯ:ސީއެންއެމް
ހ. ޒާހަމް މި އިމާރާތަކީ 10 ބުރީގެ އިމާރާތެއް
ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ މިފަދަ ނުރައްކާތެރި ހާދިސާތަކުގައި މީގެ ކުރިން ބައެއް މީހުންގެ ފުރާނަވެސް ގޮސްފައި އެބަހުއްޓެވެ.