ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކާއިއެކު، ޑްރައިވަރުންނާއި، ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތި ނަހްލާއާއި މިއަދު ބައްދަލުކުރަން ނިންމައިފި އެވެ.

Advertisement
މި ބައްދަލުވުން އޮތީ މިއަދު 13:10ގައި ޓްރާންސްޕޯޓު މިނިސްޓްރީގައެވެ.
އެ އެސޯސިއޭޝަނުން ބުނީ، އެބައްދަލުވުމުގައި ބަހުގެ ހިދުމަތް މާލޭގައި ފެށުމާއިއެކު ޓެކްސީތަކަށް ވާ އުދަގޫތަކުގެ ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މިނިސްޓަރު ނަހްލާއާއި މަޝްވަރާ ކުރާނެ ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންކަން
- ބަސް ދުއްވުމަށް ފަސޭހަކުރުމަށް ފުލުހުން ޓެކްސީތަކާއި ކާރުތައް ޑައިވާޓު ކުރާ މައްސަލާއިގެ ކަންބޮޑުވުން
- މިހާރު މަގުތައް ތަރުތީބު ކުރެވިފައިވާ ގޮތް
- ސްކޫލު ގަޑިފެށުމާއި، ނިމުމަށްފަހުވެސް ޖަހާ ކޯނުތައް ނުނަގާ މަގުމަތީގައި ހުރުމުން ދަތުރުކުރުމަށް ދަތިތަކާއި ކުރިމަތިވަމުންދިއުން
- ޓެކްސީ ސެންޓަރުތަކުގެ ގަވައިދާއި ހިލާފަށް ހުޅުމާލޭގައި ސެންޓަރެއް ހިންގަމުންދާއިރު، އެކަން ބަލައި ފިޔަވަޅު އެޅިފައި ނުވުން
- ގަވައިދާއި ހިލާފަށް ޓެކްސީއެއްގެ ސިފަނެތި ގިނަ އަދަދެއްގެ ޓެކްސީތައް މަގުމަތީގައި އުޅުން