ads
ކްރިމިނަލް ކޯޓު
ތުއްތު ކުއްޖަކު މަރާލި މަންމަ އާއި ދޮން ކާފަ 10 އަހަރަށް ޖަލަށް
އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރާލި މައްސަލައިގެ ތުހުމަތުު ކުރެވޭ 15 އަހަރުގެ ކުއްޖާގެ މަންމަ އާއި އެ ކުއްޖާގެ ދޮން ކާފަ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ، ށ. ފޭދޫގައި 2012 އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައެ އެވެ. 

މި މައްސަލަ އާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ، އެ ކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީއާގޭ އަޒީޒާ އިބްރާހިމާއި އެ ކުއްޖާގެ ދޮން ކާފަ، އެ ރަށު ބުލޫހެވަން އަބްދުލްގަފޫރު ގާސިމްގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ކުއްޖާ މަރާލި ކަމުގެ ދައުވާ އެވެ. 

މީގެ އިތުރުން 15 އަހަރުގެ ކުއްޖާ ވިހަންދެން ޑޮކްޓަރަށް ދައްކާފައި ނުވާ ކަމަށާއި، ވިހެއި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަ ކޮށްފައި ނުވާކަމަށާއި، ކުއްޖާ ބަލިވެ އިންކަން ސިއްރު ކުރިކަންވެސް ދައުލަތުން ހުށަހެޅި ދައުވާގައި ވަނީ ބުނެފަ އެވެ. 

އަދި ކުއްޖާ ވިހަން އުޅުމުންވެސް ހޮސްޕިޓަލަށް ނުގެންދާ ކަމަށް ދައުލަތުން އެ ދެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ ބުނެފަ އެވެ. 

ދައުލަތުން އެންމެ ފުރަތަމަ މި މައްސަލައާއި ގުޅިގެން ދައުވާ އުފުލީ 2013 ވަނަ އަހަރުގަ އެވެ. އެހެން ނަމަވެސް ދައުލަތުން އެ ދައުވާ އަނބުރާ ގެންދިއުމަށްފަހު އަލުން ދައުވާ އުފުލާފައިވަނީ، 2016 ވަނަ އަހަރު އެވެ. 

މި ދެމީހުންގެ މައްޗަށް މައްސަލަ ސާބިތުވާކަމަށް ހުކުމް ކުރަމުން ކޯޓުން ބުނީ، ދެމީހުންގެ މައްޗަށްވެސް ދައުވާ ސާބިތުވާ ކަމަށާއި، އެހެން ކަމުން ދެމީހުންވެސް 10 އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި، ދެ މީހުންވެސް މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭ އެއް މިލިއަން ރުފިޔާ ސިވިލް ކޯޓަށް ދައްކާ ހަލާސް ކުރުމަށް ހުކުމް ކުރާ ކަމަށެވެ. 

މީގެ އިތުރުން މި ކުށުގެ ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60  ދުވަހު ރޯދަ ހިފުމަށް ނަސޭހަތްތްތެރިވާ ކަމަށްވެސް ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް