ads
ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިޔާތު——ފޮޓޯ: ފެނަކަ
ވާދޫގައި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި
އެއްބަސްވުމުގައި ސޮއިކުރީ 2020 ވަނަ އަހަރު
އެއްބަސްވުމުގެ މުއްދަތަކީ 2 އަހަރު
އެއްބަސްވުމުގެ މުއްދަތު ހަމަވާން މަހަކަށް ވެފައިވަނިކޮށް ގދ.ވާދޫގަައި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ވާދޫ ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ، އެމްޑަބްލިއުއެސްސީ އާއެވެ. އެމްޑަބްލިއުއެސްސީ އާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅި ވަޅުލުމުގެ އެންމެހައި މަސައްކަތެއް ކުރާނީ ފެނަކައިން ނެވެ.

ވާދޫ ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ފެށިފައި މިވަނީ މަސައްކަތުގެ އެއްބަސްވުމުގެ މުއްދަތު ނިމެން މަހަކަށް ވެފައި ވަނިކޮށެވެ. 

އެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީ އާއި ހައުސިން މިނިސްޓްރީއާއި ދެމެދު ސޮއިކުރެވިފައިވަނީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު އެވެ. އެއްބަސްވުން ހަވާލުކުރީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. 

މިހާރު އެމުއްދަތު ހަމަވާން މަހަކަށް ވެފައިވާއިރު، ވާދޫގައި ނަރުދަމާ އަޅަން ހަވާލުކުރީ 2020 ވަނަ އަހަރުތެރޭ 216 މިލިއަން ރުފިޔާ ހަރަދުކޮށްގެން، އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދާ ހަތަރު މަޝްރޫއު އާއި އެކު އެވެ.

އޮފިޑް ފަންޑުގެ ދަށުން ކުރިއަށްގެންދަން ސޮއިކޮށްފައިވާ މަޝްރޫއުތައް

  1. ގދ. ވާދޫ، ފެނާއި ނަރުދަމާ
  2. ގދ. ފިޔޯރީ، ފެނާއި ނަރުދަމާ
  3. ބ. ކެންދޫ، ފެނާއި ނަރުދަމާ
  4. ބ. ދަރަވަންދޫ ފެނާއި ނަރުދަމާ 

your imageމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު (ކ) އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު (ވ) 2020 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި، އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ:އެމްޑަބްލިއުއެސްސީ

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެދުވަހު ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ދެ ގޮތަށްކަށް ކުރިއަށްގެންދަން ވިސްނާނެ އެވެ.

ފުރަތަމަގޮތަކީ:

މެޝިނަރީސް އިކުއިޕްމަންޓް އެންޑް ލޭބާ ކޮންޓްރެކްޓުގެ ގޮތުގައި ކުރިމަތިލާ ގޮތަށް ޓެންޑާއަށް ހުޅުވާލުން ކަމަށް ވިދާޅުވި އެވެ. 

ދެވަނަގޮތަކީ:

ކޮންމެ ރަށަކަށް ޓްރެއިން ކޮށްފައި ތިބި ދެ ސްޓާފުން ފޮނުވައިގެން އެ ދެ ސްޓާފުންގެ ބެލުމުގެ ދަށުން އެ ރަށަކުން ދުވާލު މުސާރައަށް ވިއްސަކަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިއުން ކަމަށް އެދުވަހު ޝާހު ވިދާޅުވި އެވެ.

ނަމަވެސް އެމަސައްކަތުގެ އަމަލީ މަސައްކަތް މި ފެށުނީ އެއްބަސްވުމުގެ މުއްދަތުގައިވާ ދެ އަހަރު ވާން އެއް މަހަށް ވެފައި ވަނިކޮށެވެ. 

your imageނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިޔާތު——ފޯޓޯ: ފެނަކަ

މިއަދު އެމަސައްކަތް ފައްޓައިދިނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އާއި އެމްޑަބްލިއުއެސްސީ ގެ ޗެއަމަން އަހްމަދު މައުސޫމް، އަދި އެކުންފުނީގެ ޑެޕިއުޓީ އެމްޑީ މުހައްމަދު ޝަރީފް، ވާދޫ ކައުންސިލްގެ ނައިބުރައީސް ހާޝިރު މުހައްމަދު އަދި ވާދޫ ކައުންސިލްގެ އެސްޖީ މުހައްމަދު އިބްރާހީމް ދީދީ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް