ރާއްޖެ މިއަދު ބުރޫނާއީ އަތުން މޮޅުވީ 3-0 ނެވެ. މިމެޗުގައި ރާއްޖޭން ޖެހި ލަނޑުތައް ޖަހާފައިވަނީ އިއްބެ (އިބްރާހީމް ވަހީދު) ހަމްޕު އަދި ހަންނައެވެ.
މިއީ ބުރުނާއީ އަތުން ރާއްޖޭން ހޯދި ފުރަތަމަ މޮޅެވެ. މީގެ ކުރިން ބްރުނާއީއާ ދެކޮޅަށް ރާއްޖޭން ކުޅެފައިވަނީ 2003 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގެ މެޗެއްގަ އެވެ. މާލޭގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ބުރޫނާއީ ދިވެހި ޓީމު މިހާރު ކުރަމުންދާ ދަތުރުގައި އަދި އެ ގައުމުގައި އެއް މެޗު ކުޅޭނެއެ. އެއީ ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗެވެ.