ads
ފޮޓޯ: ސޯޝަލް މީޑިއާ
އަންހެނެއްގެ މޫނު މަތީ ޖެހި ފިރިހެނަކަށް އާއްމުން ހޭ އަރުވާލައިފި
އިރާނުގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނެއްގެ މޫނު މަތީ ޖެހި ފިރިހެނަކަށް ހޭ އަރުވާލައިފި އެވެ.

އިރާނުގެ ފުލުހުންގެ އަނިޔާތަކާއި ގުޅިގެން އެގައުމުގެ އަންހެނެއް މަރުވުމާއި ގުޅިގެން އެގައުމުގެ އެކި ހިސާބުތަކުގައި ގިނަ ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތައް ހޫނުވެފައި ވާއިރު، ބައެއް މީހުން ދެކޭ ގޮތުގައި، ފުލުހުން އަންހެން މީހާ އަށް ހަމަލާދީ މަރާލީ ރަނގަޅަށެވެ. 

އަންހެން މީހާ މަރާލި މައްސަލަ އާއި ގުޅިގެން އެގައުމުގައި މުޒާހަރާ ކުރަމުން އަންނަ އިރު، އެގައުމުގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެނުން ތަކެއްގެ ތެރެއަށް މަގު މަތިން ސައިކަލުގައި ދިޔަ މީހަކު ވަނީ ހަމަލާ ދީފަ އެވެ. ސޯޝަލް މީޑިއާ ގައި ދައުރުވަމުން އަންނަ ވީޑިއޯ އިން ފެންނަ ގޮތުގައި، އަންހެނުންތަކެއް ހިނގާފައި ދަނިކޮށް ސައިކަލުގައި ދިޔަ ފިރިހެނަކު ވަނީ، ސައިކަލު މަޑުކޮށް، އެ އަންހެނުން ތަކުގެ ތެރޭގައި ހުރި އެކަކުގެ މޫނު މަތީ ޖަހާފަ އެވެ. 

އަންހެން މީހާ އަށް ހަމަލާ ދިނުމަށްފަހު އެ ފިރިހެން މީހާ އަނބުރާ ސައިކަލަށް އަރަނިކޮށް، މަގިމަތީ ތިބި އާއްމުން ވަނީ، އެމީހާ ހުއްޓުވާ އެމީހާ އަށް ހަމަލާ ދީފަ އެވެ. 

މި ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި ފަރާތުން ވަނީ، މިހާރު އިރާނުގެ ހާލަތު ބަދަލު ވެފައި ވާކަމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ތަކާއި ދެކޮޅަށް މިހާރު ރައްޔިތުން ނިކުންނާނެ ކަމަށް ބުނެފަ އެވެ. 

އިރާނުގެ މަސްރަހު ހޫނު ވެފައި ވަނީ، މިދިޔަ ހަފްތާގެ ހުކުރު ދުވަހު އުމުރުން 22 އަހަރުގެ އަންހެނަކަށް ފުލުހުންގެ ކާރު ތެރެއަށް ވައްދާ އަނިޔާކޮށް މަރާލި ކަމަށް ބުނެ އެވެ. 

67%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް