ads
ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ނައިވާދޫ އަށް ވަޑައިގެންފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. ނައިވާދޫ އަށް ވަޑައިގެންފި އެވެ.

ނައިވާދޫ އަށް ރައީސް ސޯލިހު ވަޑައިގެންފައި މިވަނީ، ތިލަދުންމަތީ އުތުރުބުރީގެ ދެ ރަށަކަށާއި، ތިލަދުންމަތީ ދެކުނުބުރީގެ ދެ ރަށަކަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުންނެވެ. 

އެމަނިކުފާނު ނައިވާދޫއަށް ފައިބާ ވަޑައިގެންނެވިއިރު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ، އެމަނިކުފާނަށް މަރުހަބާ ދެންވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ. 

ރައީސް ސޯލިހު ނައިވާދޫއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، ނައިވާދޫގެ ފެނުގެ ނިޒާމު ނިންމައި، އެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމެޖެހިފަ އެވެ. މީގެ އިތުރު ނައިވާދޫގައި ގާއިމް ކޮށްފައިވާ ފެނުގެ ހިދުމަތް ދޭ އިމާރާތަށް އެމަނިކުފާނު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރައިސް ސޯލިހުގެ މި ދަތުރުފުޅުގައި ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިންނާއި، ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަ އެވެ. 

ރައީސްގެ މި ދަތުރުފުޅުގައި، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް