ads
ހދ. ނައިވާދޫ ފެނާއި ނަރުދަމާގެ ނިޒާމު ރަސްމީކޮށް އިފްތުތާހުކުރުމުގެ ރަސްމިޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ފެނާއި، ނަަރުދަމާގެ ނިޒާމަކީ ވައުދަކަށްވުރެ ބޮޑަށް އަސާސީ ހައްގެއް: ރައީސް ސޯލިހް
ފެނާއި، ނަރުދަމާގެ ނިޒާމަކީ ހަމައެކަނި މެނިފެސްޓޯގައި ލިޔެލެވިފައި އޮންނަންޖެހޭ ހިދުމަތެއް ނޫންކަމަށާއި، އެއީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
Advertisement

ތިލަދުންމަތީގެ ހަތަރު ރަށަކަށް މިހާރު ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހދ. ނައިވާދޫ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ވީ އެންމެ ބޮޑު ވައުދަކީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް، ހަމަހަމަކަންމަތީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

”މިޔަކީ އެއް މެނިފެސްޓޯއެެއްގައި ލިޔަންޖެހޭ ވާހަކައެއް ނޫން، ތިބޭފުޅުންނަށް އެގިވަޑައިގަންނަވާނެ އަޅުގަނޑުމެންގެ މެނިފެސްޓޯއަކު ނޯންނާނެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށްދިނުމުގެ ވާހަކައެެއް. އެއީ އެޔަށްވުރެ އަސާސީ ކަމަކަށްވާތީ،“ ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީގައި ބުނަނީ ރައްޔިތުންގެ މެދުގައި ތަފާތުނުކުރުމަށް ކަމަށާއި، ތަފާތު ނުކުރުމަކީ ހަމައެކަނި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ފަނޑިޔާރުކުރު ނުވަތަ ފުލުސް އޮފީހަށް ހުށަހެޅޭ މައްސަލައެއް ބެލުމުގައި ފުލުހުން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ރައްޔިތުން އިންތިހާބުކުރާ ސަރުކާރަކުން ކުރަންޖެހޭ ކަމެއްކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

”އަޅުގަނޑުމެން ވީ ވައުދަކީ އެއީ، ތަފާތުނުކޮށް ހަމަހަމަ ކަމާއިއެކީގައި އިންސާފުން އެންމެނަށް ކަންތައްތައް ކޮށްދިނުން، އިރާދަކުރެއްވިޔާ އެ ބޮޑު ވައުދު އަޅުގަނޑުމެން އެގޮތަށް ފުއްދަމުންގެންދާނަން،“ ރައީސް ސޯލިހު ވިދާޅުވި އެވެ.

ހަނިމާދޫގައި މިއަދު އިފްތިތާހުކުރެވުނު ފެނާއި، ނަރުދަމާގެ ނިޒާމަށް އިޝާރާތްކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ހަނިމާދޫގައި ބައެއް ދުވަސްވަރު ފެނަށް ޖެހި އެއްގޮތަކަށްވެސް ފެންކޮޅެއް ނުލިބޭ ހިސާބަށް ގޮސްފައި އެބަހުރި ކަމަށެވެ. ނަމަވެސް މިއަދު ގާއިމުކުރެވުނު ނިޒާމުން އެކަމަށް ނިމުމެއް ގެނެވޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.

ނައިވާދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ނިމި، ފެނަކައިން އެ ރަށުގައި ހިދުމަތްދޭން ފަށާފައި ވަނީ، ހުސްވި އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތުން ނައިވާދޫގެ 4.5 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް އަޅައި 174 ގޭބިސީއަކަށް މިހާރު ވަނީ ފެން ގުޅައިދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް