މިކަން ހާމަކުރައްވާ، އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީ ވިދާޅުވީ، މުފްތީ މެެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.
މުފްތީ ރާއްޖޭގައި ހަތަރު ދުވަހު މަޑުކުރެއްވާނެ އެވެ. އެއީ އޮކްޓޫބަރު މަހުގެ 31 ގެ ނިޔަލަށެވެ.
މުފްތީ މެންކް ވަނީ މީގެކުރިންވެސް ރާއްޖެއަށް އެކި ފަހަރުމަތިން ޒިޔާރަތްކުރައްވާފަ އެވެ. މުފްތީ މެންކް އެންމެފަހުން ރާއްޖެއަށް ވަޑައިގަތީ 2020 ވަަނަ އަހަރުގެ ތެރޭގަ އެވެ. އެފަހަރު ރާއްޖޭގައި ހޭދަކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައި، މާލެ، އައްޑޫ އަދި ކުޅުދުއްފުށީގައި ދީނީ ދަރުސްތައް ދެއްވާފައި ވެއެވެ.
އެފަހަރު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާފައިވަނީވެސް މުފްތީ މެންކް އެވެ.